ads
މާލޭގެ މަގުމަތި--
ޒުވާނުން އެންމެ ގިނައިން އުޅެނީ ކޭޝިއަރުންނަށް
ޒުވާނުން އެންމެ ގިނައިން ވަޒީފާ އަދާކުރަނީ ކޭޝިއަރުން އަދި ޓިކެޓް ކްލާކްސްގެ ގޮތުގައި ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން އެންބީއެސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރާއި 35 އަހަރުގެ އުމުރުފުރާގެ މީހުން ދިރިއުޅޭ ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭގައިވާ ގޮތުން ރާއްޖޭގޭ ޒުވާނުންގެ އާބާދީ ހުރީ 260،584 ގަ އެވެ. އެގޮތުން އަތޮޅު ތެރޭގައި 105،042 ޒުވާނުން ދިރިއުޅެމުންދާއިރު މާލޭގައި އުޅޭ ޒުވާނުންގެ އަދަދަކީ 135،541 މީހުންނެވެ. 

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ޒުވާނުންގެ އާބާދީ އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރީ ކޭޝިއަރުންގެ އިތުރުން ޓިކެޓް ކްލާކްސްގެ ގޮތުގަ އެވެ. އެފަދަ ވަޒީފާތަކުގައި 5،340 ޒުވާނަކު އުޅުނެވެ. އަދި ޖެނަރަލް އޮފީސް ކްލާކްސްގެ ގޮތުގައި 4،136 ޒުވާނަކު އުޅުނުއިރު އެޑްމިނިސްޓްރޭޓިވް އަދި އެގްޒެކްޓިވް ސެކެޓްރީސްގެ ގޮތުގައި 3339 ޒުވާނަކު އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

އޭގެ އިތުރުން ޑީޕް ސީ ފިޝަރީޒް މަސައްކަތްތެރިންގެ ގޮތުގައި 2292 ޒުވާނަކު އުޅުނުއިރު އޮފީސް ހޮޓެލް ފަދަ އެހެނިހެން ތަންތަނުގައި 1468 ޒުވާނަކު ވަޒީފާ އަދާކުރި އެވެ. 

އެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ވަޒީފާ އަދާކުރާ ޒުވާނުންގެ ނިސްބަތް ހުރީ 69.9 އިންސައްތައިގަ އެވެ. އަދި ވަޒީފާ އަދާނުކުރާ ޒުވާނުންގެ އަދަދު ހުރީ 7.3 އިންސައްތައިގަ އެވެ. އަދި ރާއްޖޭގައި އުޖޫރަ ނުލިބޭ ގޮތަަށް މަސައްކަތްކުރާ ޒުވާނުންގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އަންހެނުން ހިމެނޭއިރު ޒުވާނުން މައިގަނޑު ގޮތެއްގައި އަށް ގަޑިއިރު މަސައްކަތުގައި ހޭދަކުރެ އެވެ. އަދި ގޭތެރޭގެ މަސައްކަތުގައި ހޭދަކުރާ ވަގުތަކީ ތިން ގަޑިއިރު ކަމަށް ދިރާސާ އިން ދައްކަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް