ads
އާޓް އެގްޒަބިޝަންގެ ތެރެއިން--
"އަން ވެއިލިން ވިޝަންސް 2020" އާޓް އެގްޒިބިޝަން ފަށައިފި
⁦މޯލްޑިވިއަން އާޓްސް‬⁩ގެ އާޓް އެގްޒިބިޝަން، "އަން ވެއިލިން ވިޝަންސް 2020" ނޭޝަނަލް އާޓް ގެލަރީގައި ފެށައިފި އެވެ.

މޯލްޑިވިއަން އާޓް އާއި އާޓް ގެލަރީ އަދި ޔޫތް މިނިސްޓްރީ ގުޅިގެން ބާއްވާ ފަންނުވެރިކަމުގެ މައުރަޒު، އަންވެއިލިންގް ވިޝަންސް 2020 ހުޅުވައިދެއްވާފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ. 

އެ އެގްޒަބިޝަން މިހާރު ފެށިގެން ކުރިއަށްދާއިރު މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހާއި ހަމަޔަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން ރޭގަނޑު 10:00 ށް ކުރިއަށްދާނެ އެވެ. އަދި އެގްޒިބިޝަނަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަނީ އެ ފުރުސަތު ހިލޭ ހުޅުވާލާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އަހަރުގެ މާޗު 12 ވަނަ ދުވަހުން ފެށިގެން އާޓް ގެލަރީ ދޫކުރުން އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އެހެން ނަަމަވެސް އެޗްޕީއޭގެ އާ އާއްމު ހާލަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއިއެކު އާޓް ގެލަރީގައި ހަރަކާތަތައް ބޭއްވޭ ގޮތަށް ހުޅުވާލަން ނިންމާ އާޓް ގެލަރީގައި ހަރަކާތްތައް ބާއްވަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

އާ އާންމު ހާތުގައި އާޓް ގެލެރީގައި މައުރަޒެއް ހުޅުވިގެން ދިޔުމުން އުފާކޮށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާލަތުގައި އާޓް ގެލެރީގައި މައުރަޒެއް ފެށުމަށް މޯލްޑިވިއަން އާޓް އިސްނެންގެވީތީ އާއި ޔޫތް މިނިސްޓްރީން އެކަމަށް ދިން އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަަމަށެވެ.

މޯލްޑިވިއަން އާޓްސް‬⁩ގެ އާޓް އެގްޒިބިޝަން، އަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ އާޓިސްޓުންގެ ހުނަރާއި ދާއިރާއަށް އަލަށް އުފަންވާ އާޓިސްޓުންގެ ޓެލެންޓްތައް އެއްތަނަކުން ފެނިގެންދާ އެގްޒިބިޝަން އެކެވެ. 

މި އެގްޒިބިޝަންތަކުގައި ބައިވެރިވާ މީހުންގެ މެދުގައި ވަނަ ހޮވާއިރު ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ހުނަރުވެރިންގެ މަސައްކަތްތައް އެގްޒިބިޝަންއިން ފެނިގެންދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް