ads
ފޮޓޯ: ވަން އޮންލައިން
ވަޒީފާއެއް އަދާނުކުރާ ޒުވާނުންގެ ތެރެއިން އަންހެނުންގެ ނިސްބަތް ގިނަ!
ޒުވާނުންގެ ތެރެއިން ވަޒީފާއެއް ތަމްރީނެއް އަދި ތައުލީމެއް ހާސިލުކުރަމުން ނުދާ މީހުންގެ ތެރޭގައި އަންހެނުންގެ ނިސްބަތް ގިނަކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން އެންބީއެސް އިން އާންމުކުރި ސާވޭއަށް ބަލާއިރު އުމުރުން 15 އަހަރާއި 24 އަހަރުގެ ޒުވާނުންގެ ތެރެއިން އިގިރޭސިން އަދި ދިވެހިން ލިޔަންކިޔަން ދަންނަ ނިސްބަތް މަތިކަމަށް ފާހަގަކުރެވެއެވެ.

އެގޮތުން ދިވެހިން ލިޔަން ކިޔަން ދަންނަ އަންހެން އަދި ފިރިހެނުންގެ ނިސްބަތް އުޅެނީ 98 އިންސައްތާގައެވެ. އަދި އިގިރޭސިން ލިޔަންކިޔަން ދަންނަ ނިސްބަތް ފިރިހެނުންގެ ތެރޭގައި 78 އިންސައްތައިގައި އުޅޭއިރު އަންހެނުންގެ ތެރޭގައި އިގިރޭސިން ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އުޅެނީ 74 އިންސައްތައިގައެވެ.

ޒުވާނުންގެ ތައުލީމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ތައުލީމު އަދި ވަޒީފާގެ އިތުރުން އެއްވެސް ތަމްރީނެއް ހާސިލުކުރަމުން ނުދާ ޒުވާނުންގެ ތެރެއިން 41 އިންސައްތަ ޒުވާނުންނަކީ އަންހެނުންނެވެ. އަދި އެ ރޭޓް ފިރިހެނުންގެ މެދުގައި އުޅޭނީ 15 އިންސާއްތައިގައެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ޒުވާނުންގެ އާބާދީ އެންމެ ގިނަ ބަޔަކު މަތީ ތައުލީމު ހާސިލުކޮށްފައިވާ ދާއިރާއަކީ ސޯޝަލް ސައިންސާއި ބިޒްނައިސް އަދި ގާނޫނީ ދާއިރާއިންނެވެ. އެ ދާއިރާއިން 9000 އެއްހާ ޒުވާނުން ތައުލީމް ހާސިލްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ޒުވާނުން ތައުލީމު ހާސިލްކޮށްފައިވަނީ ތައުލީމީ ދާއިރާއިންނެވެ. އެ ދާއިރާއިން 5000 އެއްހާ ޒުވާނުން ތައުލީމް ހާސިލްކޮށްފައިވާއިރު ސައިސްސްގެ ދާއިރާއިން 4000 ޒުވާނުން އަދި ހެލްތް އަދި ވެލްފެއާ ދާއިރާއިން 3000 އެއްހާ ޒުވާނުން ތައުލީމް ހާސިލްކޮށްފައިވެއެވެ. ދެހާހެއްހާ ޒުވާނުން އިންސާނީ ހައްގުތަކުގެ އަދި އާޓްސް ދާއިރާއިންނާއި އިންޖިނިއަރިން އަދި ޖެނަރަލް ޕްރޮގްރާމްގެ ދާއިރާއިން ތައުލީމް ހާސިލް ކޮށްފައިވެއެވެ. އެންމެ މަދުން ތައުލީމް ހާސިލްކޮށްފައިވާ ދާއިރާއެއްގެ ގޮތުގައި އޮތީ ދަނޑުވެރިކަމުގެ ދާއިރާއެވެ. އެ ދާއިރާއިން ތައުލީމް ހާސިލް ކުރި ކުދިންގެ އަދަދު އުޅެނީ ސަތޭކައިން ދަށުގައެވެ.

ތައުލީމު އަދި ވަޒީފާގެ އިތުރުން އެއްވެސް ތަމްރީންއެއް ހާސިލުކުރަމުން ނުދާ ޒުވާނުންގެ ތެރެއިން އަންހެނުންގެ ބޮޑު އިންސައްތައެއް އުޅޭއިރު ސްޓެޓިސްޓިކްސް މޯލްޑިވްސް އިން މިިއަހަރުގެ އޮގަސްޓް މަހު އާއްމުކޮަށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ތައުލީމް ހާސިލްކުރުމަށްފަހު ވެސް ވަޒީފާތަކަށް ނިކުންނަ އަންހެނުންގެ އަދަދު އުޅެނީ ފިރިހެނުންނަށް ވުރެ ތިރީގަ އެވެ.

އެގޮތުން އުމުރުން 15-24 އަހަރާއި ދެމެދުގެ ޒުވާން އަންހެނުންގެ ތެރެއިން 24 ޕަސެންޓް އަންހެނުންނަކީ ވަޒީފާތަކަށް ނުދާ ޒުވާނުންނެވެ. އުމުރުން 22 އަހަރުގެ ވަޒީފާތަކަށް ނުދާ ދެ ޖިންސުގެ 29 ޕަސެންޓް ޒުވާނުން އުޅޭއިރު އެއުމުރު ފުރާގެ ގިނަ އަންހެނުން އުޅެނީ ގޭގެ އެކި މަސައްކަތްތަކާއި އާއިލާ ބެލެހެއްޓުމުގައިކަމަަށް ވެސް އެ ތަފާސްހިސާބްތަކުން ދައްކަ އެވެ. 

އެންބީއެސްއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގޭ ޒުވާނުންގެ އާބާދީ ހުރީ 260،584 ގަ އެވެ. އެގޮތުން އަތޮޅު ތެރޭގައި 105،042 ޒުވާނުން ދިރިއުޅެމުންދާއިރު މާލޭގައި އުޅޭ ޒުވާނުންގެ އަދަދަކީ 135،541 މީހުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް