ads
ނައިބު ރައީސް ފައިސަލް ނަސީމް/ ފޮޓޯ: ރައީސް އޮފީސް
ތަރައްގީ އެންމެ ބޮޑަށް ގުޅިފައިވަނީ ޒުވާނުންގެ ހުނަރާއި ފަންނުވެރިކަމުގެ މައްޗަށް: ނައިބު ރައީސް
ގައުމެއްގެ ތަރައްގީ އާއި ކުރިއެރުން އެންމެ ބޮޑަށް ގުޅިފައިވަނީ ޒުވާނުންގެ ހުނަރާއި ފަންނުވެރިކަމުގެ މައްޗަށް ކަމަށާއި، ތައުލީމީ އުފެއްދުންތެރި ޒުވާން ޖީލެއް އުފައްދަން މިސަރުކާރުން މަސައްކަތްކުރާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން "އަންވެއިލިން ވިޝަންސް 2020"ގެ ނަމުގައި ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ، ގައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި މުޖުތަމައުގެ ކަންކަން ނިންމުމުގައި އިސް ރޯލެއް އަދާކުރާ ބަޔަކަށް ޒުވާނުން ހަދަން ކަމަށެވެ. 

އެގޮތުން ޒުވާނުންނަށް އެކި ދާއިރާތަކުން ފުރުސަތުތަށް ފަހިކޮށްދިނުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ، ގައުމެއްގެ ތަރައްގީއާއި ކުރިއަރި ދިއުން ބިނާވެފައި އޮންނަނީ، ޒުވާނުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަމުގެ މައްޗަށް ކަމުގައި ވާތީ ކަމަށެވެ. 

އަންވެއިލިން ވިޝަންސްގެ މި އަހަރުގެ އެގްޒިބިޝަންގައި 53 އާޓިސްޓުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުންވެސް ޒުވާނުންގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީން އިސްނަގައިގެން ތަފާތު ހަރަކާތްތަކެއް ވަނީ ރާވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް