ads
ކާޅުތަކެއް--
އައްޑޫގައި މާދަމާ ކާޅު މަރަނީ
އައްޑޫ ސިޓީގައި ކާޅުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަރިވެފައިވާތީ މި ހަފުތާގައި ކާޅުތައް މަރަން ފަށާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ކާޅުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަރިވެފައިވާ ކަމަށް ބުނެ އެ ސިޓީ ކައުންސިލުން ކާޅު މެރުމުގެ ހުއްދައަކަށް އެންވަޔަރަމަންޓް މިނިސްޓްރީގައި އެދިފައިވާއިރު އެކަމުގައި އެ ސިޓީ ކައުންސިލަށް ފެންނަ ގޮތަކަށް އަމަލުކުރުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފަ އެވެ. 

އެކަމާއި ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަން ނުވަތަ އޭގެ އަނެއް ދުވަހު މީދޫގައި ކާޅު މެރުމުގެ މަސައްކަތް ފައްޓާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވާ ކަމަށެވެ. އަދި ހުއްދަ ދެއްވާފައިވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ވެސް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ރޮޒައިނާ ވަނީ އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްވުންކަން ޓްވީޓުގައި ފާހަގަކުރައްވަ އެވެ. 

އައްޑޫގެ އަވަށްތަކަށް ބަޔަކު ކާޅުތަކެއް ދޫކުރުމުގެ ސަބަބުން އައްޑޫގެ އެކި އަވަށްތަކުގައި އެ ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް މީގެ ކުރިން އެ ކައުންސިލުން ބުނެފައިވެ އެވެ. އަދި ދޮންދީނިތައް މަރާއި ޅަ ދޮންދީނިތަކާއެކު ކައި ހުސްކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށާއި އެހެންކަމުން އައްޑޫ އިން ދޮންދީނި ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާތީ އައްޑޫގެ ތެރެއަށް ދޫކޮށްލާފައިވާ އެ ކާޅުތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ލަފައަކަށް ސިޓީ ކައުންސިލުން އެދުނެވެ. 

މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކާޅުގެ އުނދަގޫވާނަމަ، އެއީ ޕެސްޓެއްގެ ގޮތުގައި ބަލާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށެވެ. ދޮންދީންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އަދި ރާއްޖޭގައި ދޮންދީނި އުޅެނީ ވެސް ހަމައެކަނި އެ ސަރަހައްދުގަ އެވެ.


50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް