ads
ފ.އަތޮޅު
ފ. އަތޮޅު ފަޅު ރަށްތަކުން ރުއްގަސް ނުކެނޑުމަށް އަންގައިފި
ފ. އަތޮޅު ފަޅު ރަށްތަކުން ރުއްގަސް ކަނޑަމުންދާތީ އެކަން ނުކުރުމަށް އެ އަތޮޅު ކައުންސިލްގެ އިދާރާއިން އެެދެފި އެވެ.

ފ. އަތޮޅު ކައުންސިލުން ބުނީ އެއަތޮޅުގެ ފަޅުރަށް ރަށުން ރުކާއި ގަސްކެނޑުމާއި، އެފަދަތަކެއްޗަށް ގެއްލުންދިނުމާއި ރަށުގެ ފަޅުން އަދި ބީޗްތަކުން ދޮންވެލި ނެގުމާ، ރަށުގެ އެއްގަމުން ކަޅުވެލި ނެގުންފަދަ ރަށްރަށަށް ގެއްލުންތައް ލިބޭފަދަ ކަންކަންކުރުން ފަހަކަށް އައިސް ވަރަށްބޮޑަށް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާތައްވެސް އެއިދާރާއަށް ދަނީ ލިބެމުންކަމަށް އެ ކައުންސިލުން ބުނެއެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމާ، ފ. އަތޮޅުގައި ހުރި ގުދުރަތީ ވަސީލަތްތައް މަދުކަމާ، އެވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކޮށް އަންނަން އޮތް ޖީލްތަކަށް ވާސިލް ކޮށްދިނުމުގެ އެންމެބޮޑު ޒިންމާ އެއް، އެޅިފައިވާ ބަޔަކީ އަތޮޅުގައި ދިރިއުޅެމުންދާ ރައްޔިތުންކަމަށްވާއިރު، އަމިއްލަ ވެށި ހިމާޔަތްކޮށް، ގުދުރަތީ ވަސީލަތްތައް ބަލަހައްޓާނެ އެހެން ފަރާތެއް ނެތްކަން އެނގިތިބެ، އެ ތަންތަނަށް ގެއްލުންތައް ލިބޭނެގޮތަކަށް އަމަލުތައް ބެހެއްޓުމަކީ، މުސްތަގްބަލަށް ލިބޭނެ ދެރައެއްކަން ގަބޫލްކުރަންޖެހޭ ކަަމަށެވެ.

އެހެންކަމުން އަމިއްލަ ހިމާޔަތަށްޓަކާ އުފެދިފައިވާ ރަށްތަކުގެ ނާޒުކުކަން ގެއްލިގެންދާ ފަދަ ގޮތްގޮތަށް އަމަލުތައް ނުހިންގުމަށާއި އެފަދަ ނާތަހުޒީބީ ކަންތައްތަކުން ދުރުހެލިވެ ތިބުމަކީ އެއިދާރާއިން ވަރަށްބޮޑަށް އެދޭ އެދުމެއްކަމަށް ބުނެފައިވެ އެވެ. 

އެއިދާރާއިން ވަނީ އަތޮޅުގެ ފަޅުރަށްތައް ބޭނުންކުރާއިރު ރަށްރަށުން ރުއްގަސް ނުކެނޑުމަށާއި އަދި ރުއްގަހަށް އެއްވެސް ގެއްލުމެއް ނުދިނުމަށް އެދިފައިވެއެވެ. އަދި ރަށްރަށާއި، ހިކިފައިހުންނަ ފިނޮޅުފަދަ ތަންތަނުން، އެއްވެސް ބޭނުމެއްގައި ވެލި ނުނެގުން އަދި ރަށަކަށް ގެއްލުމެއްވާނެފަދަ ގޮތަކަށް ރަށުގެ ފަޅުން ވެލި، އަކިރިއާއި ގާ ފަދަ ތަކެތި ނުނެގުމަށާއި ހިމާޔަތް ކުރެވިފައިވާ ކަނޑޫފާ، ކުޅި ފަދަ ތަންތަނާއި އެ ތަންތާނގެ ވަށައިގެންވާ ދިރުންތަކަށް ގެއްލުމެއް ލިބިދާނެ އެއްވެސްކަމެއް ނުކުރުމަށް އެދިފަ އެވެ. 

އެ އިދާރާއިން ވަނީ އެރަށްތައް ބޭނުންކުރާއިރު އެކަންތަކަށް އެންމެންވެސް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް