ads
އޮލިންޕަސް--
ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަސް ހުޅުވާލައިފި
އާ އާންމު ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންއާ އެއް ގޮތަށް ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަސް ހުޅުވާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އަހަރުގެ މާޗު 12 ވަނަ ދުވަހުން ފެށިގެން އާޓް ގެލަރީ އާއި އޮލިމްޕަސް ދޫކުރުން އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އެހެންނަަމަވެސް މިހާރު އަލުން އެޗްޕީއޭގެ އާ އާއްމު ހާލަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއިއެކު އޮލިމްޕަހުގައި ހަރަކާތްތައް ބާއްވަން ބޭނުން ފަރާތްތަކަށް އޮލިމްޕަސް ހުޅުވާލަން ވަނީ ނިންމާފަ އެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ބުނީ އެޗްޕީއޭ އިން އެކުލަވާލާ އާންމުކޮށްފައިވާ އުސޫލުތަކާ އެއް ގޮތަށް އޮލިމްޕަހުގައި ހަރަކާތްތައް ހިންގަން ބޭނުން ފަރާތްތަކަށް އިއްޔެއިން ފެށިގެން އެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށެވެ.

އެގޮތުން ފަންނުވެރިންގެ ތަފާތު ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަހުގެ ގޯތިތެރެއާއި ސްޓޭޖުން ޖާގަ ދޫކުރުމަށް ހަމަޖެހިފަވާކަމަށް އެ ސެންޓަރުން ބުނެއެވެ.

ހަރަކާތް ބާއްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ ރިސެޕްޝަނުން އަދި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން އާ އާއްމު ހާލަތުގައި ނެޝަނަލް އާޓް ގެލަރީގެ ހަރަކާތްތައް ފަށައި މިއަދު ވަނީ މޯލްޑިވިއަން އާޓްސް‬⁩ގެ އާޓް އެގްޒިބިޝަން، "އަން ވެއިލިން ވިޝަންސް 2020" ފެށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް