ads
ބާދް ޝާހް ރާއްޖޭގެ ރިސޯޓެއްގައި
ރާއްޖޭގެ ތާޒާ އަވިން ބާދްޝާހްއަށް ޖެހުނު ހާލަކީ މިއީ!
ކޮވިޑްގައި ބޮލީވުޑްގެ މަސައްކަތްތައް މެދުކެނޑި ލިބުނު ބޮޑުޗުއްޓީގައި އެކި ތަންތަނުގައި ގިނަ ތަރިން ޗުއްޓީ ހޭދަކުރަމުންދާއިރު އެންމެ ގިނަ ތަރިންގެ ޗުއްޓީ މަންޒިލަކަށް ވަނީ ރާއްޖެ ވެފައެވެ.
Advertisement

އެގޮތުން ވަރުން ދަވަންގެ އިތުރުން ފިރިމީހާގެ އިތުރުން ދަރިފުޅާ އެކު ނިހާ ދޫޕިއާ ވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އޭގެއިތުރުން ބޮލީވުޑުގެ މަޝްހޫރު ރެޕާ ބާދްޝާހް ވެސް އަންނަނީ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންނެވެ. ބާދްޝާހްގެ އިންސްޓާގްރާމްގައި އޭގެ ފޮޓޯތައް ހިއްސާކުރަމުންދާއިރު އޭނާ އިއްޔެ ވަނީ އަވީގެ ސަބަބުން އަނދާފައިވާ އޭނާގެ މޫނު ފެންނަ ފޮޓޯއެއް ހިއްސާކޮށްފައެވެ. އޭގެ ކެޕްޝަންއަކަށް "ސަންބާންޓް" މިހެން ލިޔެފައިވެއެވެ.

އަވީގެ ސަބަބުން އޭނާގެ މޫނު ވަނީ ވަރަށް ބޮޑަށް އަދާފައެވެ. އެ ފޮޓޯއަށް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ކޮމެންޓްކޮށްފައިވާއިރު މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ވަރުންވެސް ކޮމެންޓް ކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާވެސް އުޅެނީ އެފަދަ ހާލެއްގައި ކަމަށެވެ. 

އޭގެ އިތުރުން ބޮލީވުޑްގެ ތަރި ހިމާންޝް ކޮލީ ބުނީ އަލޯވެރާ ބޭނުންކުރުމުން އެކަން މުޅިން ރަނގަޅުވެދާނެ ކަމަށެވެ.

ބާދްޝާހް އަކީ ބޮލީވުޑުގެ ލަވައިގެ ރިކޯޑްތައް ހަދާފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާގެ ލަވަތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރާއިރު މިހާތަނަށް ތަފާތު ލަވަތަކުން ބޮލީވުޑުގެ ލަވައިގެ ދުނިޔެ ބަދަލުކޮށްލި މީހުންގެ ތެރޭގައި އޭނާ ހިމެނޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

63%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް