ads
ޑަބްލިއުޓީއޯގެ އޮފީސް--
ޑަބްލިއުޓީއޯގެ ގޮނޑި ހޯދަން ކޮރެއާއިން ރާއްޖޭގެ ތާއީދަށް އެދިއްޖެ
ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ ގޮނޑިއެއް ދެކުނު ކޮރެއާއަށް ހޯދުމަށް ރާއްޖެއިން ތާއީދުކޮށްދިނުމަށް އެގައުމުން އެދިއްޖެ އެވެ.

ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ކޮރެއާގެ ޓްރޭޑް މިނިސްޓަރު ޔޫ މިޔުންގް ހީ އެވެ. 

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ކޮރެއާގެ ފޮރިން މިނިސްޓަރު ކޭންގް ކިޔުންގް ވާ ވަނީ މި ހަފްތާގައި ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފަ އެވެ.

ޑަބްލިއުޓީއޯގައި ކޮރެއާގެ ބައިވެރުން ފުޅާ ކުރުމަށް ރާއްޖޭގެ ތާއީދަށް ކޮރެއާއިން އެދުނީ އެ މަޝްވަރާގެ ތެރެއިން ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާއި، އެ ދަތިތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ވެއެވެ.

ޑަބްލިއުޓީއޯއަކީ ދުނިޔޭގެ ވިޔަފާރިއާ ގުޅޭ ކަންކަން ބަލަހައްޓާ ހަމައެކަނި ޖަމިއްޔާ އެވެ. ރާއްޖެ ހިމެނޭ ގޮތަށް އެ ޖަމިއްޔާގައި 164 މެމްބަރު ގައުމު ހިމެނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް