ads
ތުޅާދޫއިން ހައުސިން ޔުނިޓު ލިބުނު ބަޔެއް ގެތައް ބަލާލަނީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
ބ. ތުޅާދޫގައި އެޅި 50 ހައުސިން ޔުނިޓު ލިބޭ މީހުން ހޮވައިފި
ބ. ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓު ލިބޭ ފަރާތްތައް އިއްޔެ ގުރުއަތުން ހޮވައިފި އެވެ.

ތުޅާދޫ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވަނީ ހައުސިން ޔުނިޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންގޮސްފަ އެވެ. 

އެ 50 ހައުސިން ޔުނިޓުގެ ތެރެއިން ފަސް ޔުނިޓު ހާއްސަކޮށްފައި ވަނީ އެހެން ރަށްރަށުގެ މީހުންނަށެވެ. ނަމަވެސް ތުޅާދޫގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންނަށް އިސްކަންދީފައި ވެއެވެ. ބާކީ 45 ހައުސިން ޔުނިޓު ދޫކުރީ ތުޅާދޫގެ ރައްޔިތުންނަށެވެ.

ތުޅާދޫ ކައުންސިލުން ބުނީ ހައުސިން ޔުނިޓުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އަދި މަހު ކުލީގެ ގޮތުގައި 20 އަހަރު ވަންދެން މަހަކު 2،500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

your imageތުޅާދޫގައ ހައުސިން ޔުނިޓުތައް ހަދަމުންދާ ސަރަހައްދު-- ފޮޓޯ: ޕީއެސްއެމް ނިއުސް

އިއްޔެ ދޫކުރި 50 ހައުސިން ޔުނިޓަކީ 2011 ވަނަ އަހަރު އެ ރަށުގައި އަޅަން ފެށި 100 ހައުސިން ޔުނިޓުގެ ތެރެއިން އެއް ބައެވެ. އަނެއް 50 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ނުފެންނަ ކަމަށް އެ ރަށު މީހުން ބުނެ އެވެ.

ތިން ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ތުޅާދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން މި ސަރުކާރުން ވެސް ދަނީ އެ ރަށުގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް