ads
ކަނޑު އަޑިން ފެނުނު ލުތުފަރުގެ ބޮލުގެ ނާށިގަނޑު: ފޮޓޯ: ޕޮލިސް
ލުތުފަރުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފި
ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށްފަހު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލް ކޮށްފިއެވެ.

ށ. ޅައިމަގު ކުރިމަގުބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ އޭނާއާއެކު އެބޯޓެއްގައި މަސައްކަތް ކުރި އިތުރު ތިން ބިދޭސީންގެ މައްޗަށެވެ. އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސައިންގެ މައްޗަށް ދައުލަތުން އުފުލާފައުވަނީ އެނގިހުރެ މީހަކު މަރާލުމުގެ ދައުވާ އެވެ.

އެ ދައުވާ އުފުލުމުން އެމީހުން ވަނީ ކުށަށް އިއުތިރާފުވެ ކުށުގެ އިއުތިރާފު އެއްބަސްވުމުގައި ދައުލަތާއެކު ސޮއިކޮށްފަ އެވެ. ނަމަވެސް މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ތިން މީހުން ވެސް ވަނީ އިއުތިރާފުން ރުޖޫއަވެފަ އެވެ. އެހެންކަމުން މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެޑުހުމުގައި ކުރިމިނަލް ކޯޓުގެ ގާޒީ ވަނީ، އެ ތިންމީހުން ކުށަށް އިންކާރު ކުރާތީ، އިއުތިރާފުގެ އެއްބަސްވުން ބާތިލްވެފައި ވާކަމަށް ނިންމަވާފައެވެ. އަދި އޭރު ކުރިމިނަލް ކޯޓަށް ވެއްދި މައްސަލަ ބާތިލުކޮށް، ޖިނާއި އުޖުރާތުގެ ގާނޫނުގެ ދަށުން ގާޒީވަނީ މައްސަލަ ތަހުގީގު ކުރުމަށް މުއްދަތެއް ދީފައެވެ. 

މައްސަލަ އަލުން ތަހުގީގު ކުރުމަށްފަހު ކޯޓަށް ހުށަހެޅުމުން، ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:30 ގައި ކުރިމިނަލް ކޯޓުގައި ވަނީ ޝެޑިއުލް ކޮށްފަ އެވެ. 

ލުތުފަރު މަރާލާފައިވަނީ މިދިިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ، ލުތުފަރު މަރާލާފައިވާކަމަށް ބެލެވެނީ، އޭނާ އާއެކު އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް އެކަމުގެ ނުރުހުމުގައި ކަމަށެވެ. އަދި އޭނާ މަރާލުމަށްފަހު ހަށިގަނޑުގައި ތިން ބަސްތާ ވާ ޖަހައިގެން އެއްސުމަށްފަހު 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ހަން ހިފަގެއިން ފަތާފައި ލުތުފަރު ހަށިގަނޑު ގެންގޮސް، ތޮށިގަނޑު ނިމޭ ހިސާބުން ލުތުފަރުގެ ހަށިގަނޑު ގަންބާލީ ކަމަށެވެ. 

އޭނާގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ފުލުހުން ވަނީ ކަނޑުގެ އަޑިން ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް