ރާއްޖެއަށް ފަތުރުވެރިންތަކެއް އައުން--
ތިންވަނައަށް އެންމެ މަގުބޫލް މަންޒިލްގެ ގޮތުގައި މިހާތަނަށް އޮތީ ރާއްޖެ
Share
ވޯލްޑް ޓްރެވަލް އެވޯޑުގެ އެންމެ މަގުބޫލް މަންޒިލްގެ ކެޓަގަރީގައި މިހާތަނަށް ދިން ވޯޓުތަކުން ރާއްޖެ ތިން ވަނައިގައި ހިމެނިއްޖެ އެވެ.
Advertisement

މާދަމާގެ ނިޔަލަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ކެޓަގަރީތަކަށް ވޯޓްލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ރާއްޖެ އޮތީ އެންމެ މަގުބޫލު މަންޒިލްގެ ކެޓަގަރީގެ ތިން ވަނައިގަ އެވެ. އެންމެ މަގުބޫލް ޑެސްޓިނޭޝަންގެ އިތުރުން، ދިވެހިރާއްޖެ އިތުރު ހަތް ކެޓަގަރީ އަކުން އެވޯޑްތަކަށް ނޮމިނޭޓްވެފައި ވެއެވެ.

ރާއްޖެ ނޮމިނޭޓްވެފައިވާ އިތުރު ކެޓަގަރީތަކަކީ އެންމެ މަގުބޫލް ބީޗް މަންޒިލް، އެންމެ މަގުބޫލް ކްރޫސް މަންޒިލް، އެންމެ މަގުބޫލް ޑައިވް މަންޒިލް، އެންމެ މަގުބޫލް ހަނީމޫން މަންޒިލް، އެންމެ މަގުބޫލް ރަށް ހިމެނޭ މަންޒިލް، އެންމެ މަގުބޫލް ޓުއަރިޒަމް ބޯޑް، އަދި އެންމެ މަގުބޫލް ރޮމެންޓިކް މަންޒިލްގެ ކެޓަގަރީ ތަކެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުުސީ) އިން ބުނީ މިފަދަ ޝަރަފުވެރި އެވޯޑުތަކަށް ނޮމިނޭޓްވުމުގެ ސަބަބުން ރާއްޖެ އިޝްތިހާރު ކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދާ ކަމަށެވެ.

މި ފަހަރުގެ އެވޯޑްތައް ދިނުމަށް ހަަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހު 24 އިން 26 އަށް ވާޗުއަލްކޮށް ކުރިއަށްދާ "ޓީޓީއެމް ޓްރެވަލް ސަމިޓް 2020" ގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް