ads
ޕާކިސްތާނުގައި ފެންބޮޑުވެފައި -- ފޮޓޯ: އެމަނުއެލް ގުޑްޑޯ - ކޮންސާން ވޯލްޑްވައިޑް
ޕާކިސްތާނަށް ކުރާ ވިއްސާރާގައި ގިނަ ބަޔަކު މަރުވުމުން ރައީސްގެ ތައުޒިޔާ
ޕާކިސްތާނަށް ކުރިމަތިވި ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
Advertisement

މީގެ ދެ ދުވަސް ކުރިން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރަ އަދިވެސް އަލިނުވާއިރު އެ ވިއްސާރާގައި މިހާތަނަށް 310 މީހަކު މަރުވެ، އެތައް ސަތޭކަ ބަޔަކުވަނީ ގެއްލިފަ އެވެ. އަދި، 70 އެތައް ގެއެއް ހަލާކުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ މަގުމަތިވެފަ އެވެ.

ރައީސް މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާދިސާގައި ގެއްލުންވި އާއިލާތަކަށާއި މަރުވި މީހުންގެ އާއިލާތަކަށް އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

މި ދަތި ހާލަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރު އޮތީ ޕާކިސްތާނުގެ އަހުންނާއި އެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ މުއައްސަސާތައް ހީވާގިކަމާ އެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.

ޕާކިސްތާނުގެ މޫސުމާ ބެހޭ މައި އިދާރާއިން އަންދާޒާ ކޮށްފައިވާ ގޮތުން ކުރިއަށް އޮތް ހަތަރު ދުވަހު ވެސް އެ ގައުމުގެ އެކި ސަރަހައްދުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. ވިއްސާރަ އަލިވާން ފަށާނެ ކަމަށް ބެލެވެނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހަށް ފަހެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް