ads
މަގު ހެދުމުގެ މަސައްކަތަށް މާލެއިން ބަންދުކުރާނެ ސަރަހައްދު.
ބޮޑުތަކުރުފާނު މަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު ބަންދުކުރަން ނިންމައިފި
ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހެދުމަށް މަގުގެ އެއްފަޅި ބަންދުކުރަން ނިންމައިފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން މިއަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އެ މަގުގެ އެއްފަޅި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެކަމާ ގުޅިގެން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން މާފަށް އެދެ އެވެ.

"އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ،" އިއުލާންގައިވެ އެވެ.

އެ އިއުލާނާ އެކު އާންމުކުރި ޗާޓުގައިވާ ގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެ އެވެ. އަދި ގިނަ އަދަދެއްގެ އަތޮޅު ފެރީތައް ވެސް ވަންނަ އެ ސަރަހައްދުގެ ފަޅު ބަންދުވާނެ ކަމަށް ކައުންސިލުގެ ޗާޓުން ދައްކަ އެވެ.

މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ތަރައްގީ ކުރުމަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް