ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)--
ގއ. މާމެންދޫ އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމައިފި
ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
Advertisement

އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމީ، ގާނޫނު އަސާސީއާ ހިލާފަށް އެތައް ކަންތައްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވި، އަދި އޭގެ ތެރެއިން ގިނަ ކަންތައްތަކެއް އޭނާގެ މައްޗަށް ސާބިތުވެފައި އޮތުމުންނެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައި ވަނީ، އޭނާ އާއި ގާތް ގުޅުމެއް އޮންނަ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ކޯޓުގައި ހިނގި ދުވަހު، ހައްޔަރުކޮށްފައިވާ ފަރާތުގެ ގާނޫނީ ވަކީލާ ރެސްޓޯރެންޓެއްގައި ބައްދަލުވެ، ވަލީކު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. 

އޭގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ވިލިނގިލީ ގެއެއްގެ ތެރޭގައި، ކުރީގެ ފަނޑިޔާރުންތަކަކާއެކު ވަކި ކެނޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް ވާހަކަދައްކާފައިވުމާއި، އަދި ހަމަ އެ އަހަރު، ވިލިނގިލީ ކެފޭއެއްގެ ތެރޭގައި ސިޔާސީ ވާހަކަ ދައްކައި ވަކި ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. 

މީގެ އިތުރުން، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބަޔެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު އަމަލުކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސން ބުނެ އެވެ. 

އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމިއިރު، އޭނާގެ އިތުރު މައްސަލަތަކެއް ވެސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެއީ ކޯޓު އަމުރު ދިނުމަށް ފަހު ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކްވެފައި އޮންނަ މައްސަލަ އާއި، މަސްތުވާތަކެއްޗާ ގުޅުން އޮންނަ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ ކަމުގެ މައްސަލަ އާއި، ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ ތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް