12889
CONFIRMED

DEATHS
11717
RECOVERED
🌏60,973,636
INFECTED
🌏39,069,813
RECOVERED
🌏1,432,047
DEATH
🌏64%
RECOVERY RATE
އަދުރޭ
ބޮޑު ހިޔާނާތުގެ މައްސަލާގައި އެއްވެސް ކޮމިޝަނަކަށް އަދުރޭ ހާޒިރެއް ނުކުރޭ: އިދިކޮޅު ކޯލިޝަން
Share
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ސުވާލު ކުރުމަށް، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އެއްވެސް ކޮމިޝަނަކަށް މިދިޔަ ބުރާސްފަތި ދުވަހު ހާޒިރުކޮށްފައި ނުވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
Advertisement

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނި، ބޮޑުހިޔާނާތުގެ މައްސަލާގައި އަގުބޮޑު ފްލެޓުގެ މައްސަލައާއި ގުޅޭގޮތުން ސުވާލު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު، ކުރީގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަދުރޭ، އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކުރިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. އަދުރޭގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޕީޖީ އަހުމަދު ނިހާން ވެސް މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނަށް ހާޒިރުކޮށްފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. 

މިވާހަކަތަށް ދޮގުކޮށް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، އެމްއެމްޕީއާރުސީ މައްސަލައިގައި ސުވާލު ކުރުމަށް އެއްވެސް ކޮމިޝަނަކަށް މިދިޔަ ބުރާސްފަތި ދުވަހު އަދުރޭ ހާޒިރު ނުކުރާކަމަށެވެ. 

އަދުރޭ ބައްލަވައިގަތްކަމަށް ބުނާ ލަގްޒަރީ ފްލެޓްގެ މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ބަލަމުންދާ މައްސަލައެކެވެ. 

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ އެންމެ ބޮޑަށް ޝާމިލުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އޭނާއަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް