ads
ކިހާދޫ ކުޑަކުދިންގެ ޕާކުގައި ކުޑަކުދިން ކުޅެނީ---ފޮޓޯ:ބީއެމްއެލް
އިންޑިއާގެ އެހީގައި 10 ރަށެއްގައި ޕާކު އަޅަނީ
އިންޑިއާ ސަރުކާރުގެ އެހީގައި 10 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ށ. އަތޮޅުގެ ހަރަށެއްގައި އަދި ނ. އަތޮޅުގެ ތިން ރަށަކާއި ހދ. އަތޮޅުގެ އެއް ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 

އެގޮތުން ށ. އަތޮޅުން ފާކް އެޅުމަށް ހަމަޖައްސާފައިވަނީ ށ. ޅައިމަގު، ށ. ފީވައް، ށ. ކޮމަންދޫ، ށ. ނޫމަރާ ، ށ. ބިލެއްފަހި އަދި ށ. ފޭދޫގައެވެ. 

ނ. އަތޮޅުން، ނ. މާފަރު އަދި ނ. ފޮއްދުގެ އިތުރުން ނ. މިލަދޫގައި ކުޑަކުދިންގެ ޕާކު އެޅުމަށް ނިންމާފައިވާއިރު ހދ. އތޮޅުން ޕާކު އެޅުމަށް ނިންމާފައިވަނީ އެއަތޮޅު ނައިވާދޫ ގައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 10 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ނިންމާފައިވާކަމަށް މިނިސްޓަރު މަހްލޫފް ބުނެފައިވާއިރު، 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކުރީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ. 

ޔޫތް މިނިސްޓްރީގެ ފަރާތުން ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް