ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ގައުމުތަކުގެ މެދުގައި ސުލްހަ ގައިމްކުރަން އދ އިން މުހިންމު ދައުރެއް އަދާކުރޭ: ރައީސް
ގައުމުތަކުގެ މެދުގައި އަމާންކަމާއި ސުލްހަ ގައިމްކުރަން އދ އިން މުހިންމު ދައުރެއް އަދާކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ނޭޝަންސް (އދ) އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ގޮންޖެހުންތަކާއި އެކުގައިވެސް އދ އިން އަންނީ، ގައުމުތަކުގެ މެދުގައި ސުލްހަވެރިކަން ގާއިމްކުރަން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. ރައީސް ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތުގައިވެސް، ގައުމުތަށް ގުޅިގެން މަސައްކަތްކޮށް، ބަލިމަޑުކަމުން އަރައިގަތުގައި އެއް ރޫހެއް އދ ގެ ބައިވެރިވުމާއިއެކު ފެނިގެންދިޔަ ކަމަށެވެ. 

ރައީސް ވިދާޅުވީ، "ޔުނައިޓެޑް ނޭޝަންސް ޑޭ" ރާއްޖެއިން ފާހަގަކުރަނީ، އދ ގެ ފަހުރުވެރި މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ކަމަށެވެ. 

ލީގް އޮފް ނޭޝަންސް ފެއިލްވުމާއިއެކު، އދ އުފެދިގެން އައީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދެވަނަ ފަހަރަށް އެހާލަތު ތަކުރާރުވިތަ ނުދިނުމަށެވެ. އދ ގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 193 ގައުމު ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް