ads
ޕޮލެންޑްގެ ރައީސް---
ޕޮލެންޑްގެ ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ޕޮލެންޑްގެ ރައީސް އަންޑްޒޭ ޑޫޑާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

48 އަހަރުގެ ޑޫޑާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. ޕޮލެންޑް ސަރުކާރުގެ ވަޒީރެއް ވަނީ ޑޫޑާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، ނަމަވެސް އޭނާގެ ހާލު ރަނގަޅުކަމަށް ވިދާޅުވެފައެވެ.

ޕޮލެންޑްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ އިރު، އިއްޔެވެސް އެ ގައުމުން 13،600 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. އިއްޔެ އަކީ މިހާތަަނަށް އެއްދުވަހެއްގެ ތެރޭ ޕޮލެންޑުން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ ކޭސްތައް ރެކޯޑްކުރެވުނު ދުވަހެވެ.

ދާދިފަހުން ޕޮލެންޑް ލޮކްޑައުން އަކަށް ގޮސްފައިވާ އިރު، އެ ގައުމުގެ ރަށްތަކުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން ގްރޫޕް ހަދައިގެން އުޅުމަކީ މަނާކަމެކެވެ. އަދި 70 އަހަރަށް ވުރެ އުމުރުނ ދޮށި ފަރާތްތައް ގޭގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާތަނަށް ޕޮލެންޑުން 242،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އެ ގައުމުން 4،351 މީހުން މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް