ދީބާޖާ މައްސަލަ: ސަރުކާރު އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް
26 ނޮވެންބަރ 2019 - 18:25:14
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން، 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ހާޒިރު ކުރުމަށް އެ ކޮމެޓީން ނިންމައިފިއެވެ.

ބަންޑާރަ ނާއިބު ހާޒިރު ކުރުމަށް ކޮމެޓީއަށް ހުށަހެޅީ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރު، ދާންދޫ ދާއިރާގެ ޔައުގޫބު އަބްދުﷲއެވެ.
ބަންޑާރަ ނާއިބު ހާޒިރު ކުރުމަށް ޔައުގޫބު ހުށަހެޅުއްވީ މީގެކުރިން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ބަންޑާރަ ނާއިބު ރިފްއަތު ދީބާޖާގެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ވާތީއެވެ. ނަމަވެސް އޭރު އެ ކޯޓަށް ހުށަނޭޅީ އޭރު ތިއްބެވި ފަނޑިޔާރުން އެކަމުގައި އަދުލުވެރި ހުކުމެއް ކުރައްވާފާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނުލިބޭތީ ކަމަށް ރިފްއަތު ވިދާޅުވިއެވެ.
ޔައުގޫބު ވަނީ ކުރިން ތިއްބެވި ފަނޑިޔާރުން މަގާމުން ވަކިކޮށް އައު ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާއިރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާތީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
ޔައުގޫބު ވިދާޅުވި ގޮތުގައި މައްސަލަ ރިވިއުކުރުމެއް ނެތި، 174 މިލިއަން ރުފިޔާ ދޭން ނިންމީ "ކަނޑައެޅިގެން އުސޫލުތަކާ ހިލާފަށެ"ވެ. އޭނާ ވަނީ މި މައްސަލާގައި ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ މި މައްސަލާގައި ދީބާޖާއަށް ފައިސާ ދިނުމުގެ މަރުހަލާގައި ބައިވެރިވި މީހުންނަށް ފައިދާ ލިބޭނެ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަންކަން ބެލުމަށް ޔައުގޫބު ވަނީ ފުލުހުންނަށް ގޮވާލާފައެވެ.
މާލިއްޔަތު ކޮމިޓީން ނިންމީ ޖަވާބުދާރީވާން ވީހާވެސް އަވަހަކަށް ރިއްފަތު ހާޒިރުކުރާށެވެ.
އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.
ނަމަވެސް ކޯޓުން ބޭރުގައި ދީބާޖާއާ ދައުލަތާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސެޓްލްމެންޓް ކޮމިޓީގެ ލަފާގެ މަތިން 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަދި ދޫކޮށްފައިނުވާ ކަމަށެވެ.
އެގޮތުން އެ ފައިސާ ދޫކުރާނީ ދީބާޖާއާއެކު މަޝްވަރާ ކުރުމަށްފަހު ކޮމިޓީންދޭ ލަފާގެ މަތިން ކަމަށްވެސް ހޫދު ވިދާޅުވިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލާފައިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް