ads
އަޖޭ އާއި ކާޖަލް، ޝާހު އާއި ކާޖަލް--
އަޖޭއަށް ވުރެ ޝާހު، ކާޖަލްގެ ކައިވެނީގެ ތާރީހު ހަނދާނުގައި ހުރޭ!
ކާޖަލް އާއި އަޖޭ ދޭވްގަންއަކީ ބޮލީވުޑުގެ އެންމެ ވަރުގަދަ އެއް ޖޯޑެވެ. އެކަމަކު ޗެޓް ޝޯއެއްގައި އަޖޭއާ ކައިވެނީގެ ތާރީހު ހަނދާނުގައި ހުރިތޯ ސުވާލުރުމުން އޭނާއަށް އެހަނދާނެއް ނުވި އެވެ. އެގޮތަށް އެކަން ވިޔަސް އިވެންޓެއްގައި ބޮލީވުޑުގެ ތަރި ޝާހުރުކް ހާން މާބޮޑު ފިކުރެއް ނެތި އެ ސުވާލަށް ރަނގަޅު ޖަވާބު ދިނެވެ.

ކަރަން ޖޯހަރުގެ ކޮފީ ވިތު ކަރަންގައި ވަރަށް ކުރިން ކާޖަލް އާއި އަޖޭ ބައިވެރިވެ އެ ސުވާލު އަޖޭއަށް ކުރިމަތިކުރީ ރެޕޮޑް ފަޔާ ރައުންޑްގަ އެވެ. ކައިވެނީގެ ތާރީހާ ގުޅިގެން ސުވާލުކުރުމުން އޭނާ ހުރީ ގެސް އެކެވެ. އެކަމަކު އެވެސް ދިމައެއް ނުވެ އެވެ.

ކާޖަލް އާއި އަޖޭ ކައިވެނިކުރީ 1994 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ގަ އެވެ.

ކާޖަލް އާއި ޝާހުއަށް ބަލާއިރު އެއީ ސްކްރީނުގައި އެންމެ ކާމިޔާބު އަދި ރޮމޭންޓިކް ޖޯޑެވެ. ކާމިޔާބު ފިލްމުތައް ކަމަށްވާ، ބާޒީގަރާއި ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔޭންގޭ އަދި ކުޗް ކުޗް ހޯތާ ހޭ އާއި ކަބީ ހުށީ ކަބީ ގަމް އަދި މައި ނޭމް އިޒް ހާން ފަދަ ފިލްމުތައް ހިމެނެ އެވެ. 

ދެ ތަރިން އެކުގައި ފެނިގެންދިޔަ ދިލްވާލޭގެ ޕްރޮމޯޝަންގެ ތެރެއިން ޝާހުއާ ވެސް ސުވާލުކުރީ ކާޖަލްގެ ކައިވެނީގެ ތާރީހު އެނގޭތޯ އެވެ. މާގިނަ އިރުތަކެއް ނުވެ އޭނާ ރަނގަޅަށް ޖަވާބު ދިނުމާއެކު ކާޖަލް ވެސް އުފަލުން ފޮޅުނެވެ. 

ކާޖަލް އާއި ޝާހުއަކީ ގާތް ދެ ރަހުމަތްތެރިން ވެސް މެ އެވެ.

13%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް