ލަންކާގެ ޕަކީރު އަލީ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ އަވަށްޓެރި ލަންކާގެ މާތަރަ ސިޓީ ފުޓްބޯޅަ ކްލަބުގެ ކޯޗުގެ ގޮތުގައެވެ. އޭނގެ ކުރިން އޭނާވަނީ ލަންކާގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ. ދެހާސް އަށާރަވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާ ސްރީ ލަންކާ އެއްވަރު ކުރިއިރު އެ ގައުމުގެ ހެޑް ކޯޗަކަށް ހުރީ ޕަކީރު އަލީއެވެ. އެ ފަހަރު ލަންކާ ކަޓުވާލައި ރާއްޖެއަށް ސާފުގެ ސެމީ ފައިނަލަށް ދެވުނީ ގުރުއަތު ލައިގެންނެވެ.
ބަންގާޅު ޕޮލިސް ކްލަބުގެ ހެޑު ކޯޗުކަމުގެ މަގާމަށް އައްޔަންކުރި ޕަކީރު އަލީވަނީ ކުރިން ލބަންގާޅުގެ އަބަހާނީ ލިމިޓެޑަށްވެސް ކުރިން ކުޅެފައެވެ. ބަންގާޅު ޕޮލިސް ކްލަބަކީ އެ ގައުމުގެ ޕްރިމިއަރ ލީގުގައި ވާދަކުރާ ޓީމެކެވެ. ބަންގާޅުގެ އާ ފުޓްބޯޅަ ސީޒަން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފެށުމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަވަށްޓެރި އިންޑިއާ އަދި ބަންގްލަދޭޝްގެ ކްލަބުތަކުގެ އިތުރުން އޭނާވަނީ ރާއްޖޭގައިވެސް ކޯޗުކޮށްދީފައެވެ. ލ. އަތޮޅުގައި ފުޓްބޯޅަ އެކަޑަމީއެއްގައި މަސައްކަތް ކުރުމުގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގައިވެސް އޭނާވަނީ ކޯޗުކޮށްދީފައެވެ.