ads
މިނިސްޓަރު އޮޕް ހޯމްއެފެއާޒް އިމްރާން އަބްދު———
ސަފާރީގައި އާންމުން އެ ބުނާވަރުގެ ބޮޑު ރޭޕް ކޭސްއެއް ނުހިނގާ: އިމްރާން
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އާންމުން ސިފަކުރާވަރު ބޮޑު ރޭޕްކޭސްއެއް ނުހިނގާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމަުން މިނިސްޓަރު އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވުމުން އެމަނިކުފާނުވެސް ހީފުޅުކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށް ކަމަށެވެ.

އެހެންނަމަވެސް އެމައްސަލަ ރަނގަޅަށް ބަލައި ކައިރިން ދެނެގަތުމުން ސަފާރީގައި ހިނގާފައިވަނީ އާއްމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއްކަން ސާފުވި ކަމަށް އިމްރާން ވިދާޅުވިއެވެ.

“އެކަމަކީ އާއްމު ޕަބްލިކް ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއް އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭކަހަލަ ކަމެކޭ އިނގޭތޯ ހިނގާފަމިއޮތީ. އެކަން ރިޕޯޓް ކުރެވިގެން އައިއިރު އޭނަގެ ބަޔާންވެސް އެކި ގޮތްގޮތައް އެކިފަހަރުމަތިން ބަދަލުވެ، އޭތި ނޫސްތަކަށް އައި ގޮތާ މިހުރިހާ އެއްޗަކަށް ބެލީމަ އަސްލުގަ މީ ވަރަށް ބޮޑަށް ހަގީގަތާ ހިލާފްވާހަކައެއް ދެކެވުނީ” މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ އެމައްސަލަ ބެލި މީހުންނަށް އެވަރު މައްސަލައެއްކަމަށް ބެލެވިފައިނުވަނީވެސް އެ މައްސަލައިގެ ކުޑަކަމުންކަމަށް ވެދާނެކަމަށެވެ. އެހެންނަމަވެސް ފަހުން އެމައްސަލައިގައި އެކިފަހަރުމަތިން އަންހެން މިހާގެ ބަޔާންވެސް އެކިގޮތައް އައުމާއި މީޑިއާތަކާއި އާއްމުންގެ ކަންބޮޑުވުން ފަހުން އައުމުން އެމައްސަލަ ބެލުމުން އެއީ މައްސަލަ ބެލުމުގައި ހުރި މައްސަލަތަކެއްކަމުގައި ފާހަގަކުރެވިދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެހެންކަމުން އެ މައްސަލަ ބެލުމުގައި މައްސަލަތަކެއް ނެތްކަމަށް ނުބުނާނެ ކަމަށާއި އެހެންނަމަވެސް އާއްމުންގެ ތެރޭގައި ދެކެވޭ ކަަހަލަ ބޮޑު ރޭޕްކޭސްއެއް ނުހިނގާ ކަމަށެވެ. އަދި ރޭޕް ކޭސް އެއް ހިނގައިގެން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅެއް ނޭޅި ކަމަށް ނުބުނެވޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

“އަޅުގަނޑަށް ދެން މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން އެ ހިނގާފައި އޮތް ކަންތައް ނުވަތަ އެ އިބާރާތް ބޭނުން ކުރާކަށް އެކަމަކު އާންމުންގެ ތެރޭގައި މި ވާހަކަ ދެކެވޭ ކަހަލަ ބޮޑު ރޭޕް ކޭސްއެއް އަސްލުގައި އެޔަކު ނެތް. މިއީ ހަގީގަތަކީ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ ކެންޔާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި ދެމީހަކު ހައްޔަރު ކުރުމަށްފަހު ފުލުހުން އެމީހުން ދޫކޮށްލާފައިވަނީ ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް