
ޖިންސީ އަނިޔާގެ މައްސަލަތަކަކީ ވަރަށް ކުޑަކަމެއްގެ ގޮތުގައި ދޭހަވާގޮތަށް މިނިސްޓަރު އިމްރާން މިސާލެއްގެ ގޮތުގައި ވިދާޅުވީ އެއީ މަގުމަތީގައި އެފަދަ ކަމެއް ކުރިމަތިވިޔަސް މީހަކަށް މާބޮޑަށް ނޭނގޭ ވަރުގެ ކަމެއް ކަމަށެވެ.
މިފަދަ ގޮތަކަށް މުޖުތަމައުގައި އެތައް ބަޔަކަށް ކުރިމަތިވަމުންދާ ބޮޑު ސީރިއަސް މައްސަލައެއްގައި މިނިސްޓަރު އިމްރާން ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކުރަމުންނެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާލިޔަސް މިކަމަކީ އެތައް ކުޑަކުދިންނެއް، އެކަމުގެ ޝިކާރައަކަށް ކޮންމެ މަހަކު ވަމުން އަންނަ މައްސަލައެއްކަން އެނގެން އޮތްއިރު އެފަދަ އިސް މަގާމެއްގައި ހުންނަވާ، މިއީ ރަށު ތެރޭގައި މީހުން ދައްކާ ވަރަށް ވުރެ ކުޑަ ކަމެއް ކަމަށް ވިދާޅުވުމަކީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ އިންސާފަށް އުއްމީދުކުރާ ކުދިންނަށް ވެސް މާޔޫސްކަން ގެނުވާނެ ވާހަކަތަކެއް ކަމަށް މީހުން ދެކެ އެވެ.
ކޮންމެއަކަސް، މިނިސްޓަރުގެ މިވާހަކައާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި އެ މައްސަލަ ބަލައި މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ބަލައިދިނުމަށް، ވިކްޓަމްގެ ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ވަނީ އެދިފަ އެވެ.
ކެންޔާގެ އަންހެންމީހާގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ ވަކީލް ނޫރުބާން ފަހުމީ އަދި ހައްވާ ޝަފީއާ ރިޟާ ސޮއިކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މިނިސްޓަރު އިމްރާން ދެއްކަވާފައިވާ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.
އަދި ވިކްޓަމް މަރާނެ ކަމުގެ ބިރު ދައްކާއި، "ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި، ސަފާރީގައި ހުރި ކޮޓަރިއަކަށް ގަަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން" ހާމަވާ ކަމަށް ވެސް އެ ސިޓީގައި ބުނެ އެވެ.
އެހެންކަމުން މިކަމަކީ ކުޑަކެމެއްގެ ގޮތުގައި އިމްރާން ސިފަ ކުރުމުން އެކަމުގެ ނުރުހުން ގިނަބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.