ads
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / މަޖިލިސް
އިތުރުވާ ކޮންމެ ޒިންމާއަކަށް އެލަވަންސް ދޭކަށް ނުޖެހޭ: މެންބަރުން
ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ މެންބަރުން ކުންފުނިތަކާއި އެހެނިހެން ތަންތަނުގެ ބޯޑު މެންބަރުންނަށް އައްޔަން ކުރައްވަނީ އެފަދަ ބޭފުޅުން ސަރުކާރުގައި އަދާ ކުރައްވާ މަގާމުތަކަށް ބެލުމަށްފަހު ކަމަށާއި އެހެންކަމުން އެފަދަ ބޭފުޅަކު ދައުލަތުގެ އިދާރާއެއްގެ ބޯޑަކަށް އައްޔަން ކުރެއްވުމަކީ މުސާރައާ އިނާޔަތް އިތުރުވާން ޖެހޭ ސަބަބެއް ނޫން ކަމަށް މާލިއްޔަތު ކޮމެޓީގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ މެންބަރުން ކުންފުނިތަކާއި އެހެނިހެން ތަންތަނުގެ ބޯޑު މެންބަރުންނަށް އައްޔަން ކުރައްވަނީ އެފަދަ ބޭފުޅުން ސަރުކާރުގައި އަދާ ކުރައްވާ މަގާމުތަކަށް ބެލުމަށްފަހު ކަމަށާއި އެހެންކަމުން އެފަދަ ބޭފުޅަކު ދައުލަތުގެ އިދާރާއެއްގެ ބޯޑަކަށް އައްޔަން ކުރެއްވުމަކީ މުސާރައާ އިނާޔަތް އިތުރުވާން ޖެހޭ ސަބަބެއް ނޫން ކަމަށް މާލިއްޔަތު ކޮމެޓީގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީގައި މިގޮތަށް މެންބަރުން ވިދާޅުވީ ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުގައި މަގާމުގެ ހައިސިއްޔަތުން ތިއްބަވާ މެންބަރުންނަށް އެލަވަންސް ދިނުމާއި ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ސަރުކާރުގެ އިދާރާތަކުގެ ބޯޑަށް ބޭފުޅުން އައްޔަން ކުރައްވަނީ އެބޭފުޅުން ސަރުކާރުގައި އަދާ ކުރައްވާ އިސް މަގާމުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މިނިސްޓްރީއެއްގެ އިސް މަގާމެއް އަދާ ކުރައްވާ ބޭފުޅަކު ދައުލަތުގެ އިދާރާއެއްގެ ބޯޑު މެންބަރަކަށް އައްޔަން ކުރެއްވުމަކީ އެ ބޭފުޅެއްގެ ޒިންމާ މަތިވާނެ ކަމެއް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ޒިންމާ މަތިވާ ކޮންމެ ފަހަރަކު މުސާރައާ އިނާޔަތް މަތިވާކަށް ނުޖެހޭ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

"މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އެހެން މަގާމެއް ވެއްޖިޔާ އޭގެ މާނައަކީ އެއްވެސް މުސާރައެއް، އިނާޔަތެއް ދޭން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވޭ." ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ މީރާގެ ބޯޑަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން މީރާގެ ބޯޑަށް އަންނަނީ މުސާރަ ލިބޭ މަތީ ދެ މަގާމެއް ތަމްސީލު ކުރައްވާތީ ކަމަށެވެ. އެހެންކަމުން އެބޭފުޅުންނަށް މުސާރައާ އިނާޔަތް ލިބިލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒިންމާ އިތުރުވުމަކީ އިތުރުވާ ކޮންމެ ޒިންމާއަކަށް ފައިސާ [މުސާރަ އާއި އިނާޔަތް] ލިބެން ޖެހޭ ސަބަބެއް ނޫން،" ޔައުގޫބު ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްޒޭޝަނަށް މިހާރުވެސް މަގާމާއި އެކަށީގެންވާ ވަރުގެ މުސާރައާ އިނާޔަތް ލިބިވަޑައިގަންނަވާ ކަމަށެވެ. ޝަރީފު ވިދާޅުވީ އެ ދެ ބޭފުޅުން މީރާގެ ބޯޑުގައި ތިއްބެވުމަކީ އިތުރު މުސާރައެއް ނުވަތަ އެލަވަންސެއް ލިބެންޖެހޭ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

މީރާ ބޯޑު މެންބަރުންނަށް ދޭ އެލަވަންސް ކަނޑައަޅާ ތަނަކީ މާލިއްޔަތު ކޮމެޓީއެވެ. އެގޮތުން 2010 ގައި އެ ކޮމިޓީން މުސާރަ އާއި އެލަވަންސްގެ އޮނިގަނޑު ފާސްކުރިއިރި މީރާ ބޯޑުގެ ޗެއާޕާސަނަށް 12،000 ރުފިޔާއާ ޑެޕިއުޓީ ޗެއާޕާސަނަށް 11،000 ރުފިޔާގެ އިތުރުން ބޯޑުގެ ކޮންމެ މެންބަރަކަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެއްސިއެވެ.

ނަމަވެސް އެ އަދަދު 2012ވަނަ އަހަރު ބޮޑުކުރިއެވެ. ބޮޑުކުރީ އިތުރު 5000 ރުފިޔާ ދިނުމަށެވެ. އެގޮތުން މީރާ ބޯޑުގެ ޗެއާޕާސަނަށް 17،000 ރުފިޔާ ދިނުމަށް ނިންމާ ކޮންމެ ބޯޑު މެންބަރަކަށް 15،000 ރުފިޔާ ދިނުމަށް ނިންމިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް