އަވަންތިކާ މަލިކްގެ ކިބައިން ވަރިވުމަށްފަހު، 10 އަހަރުގެ ދަރިފުޅު އިމާރާ ބެލެހެއްޓުމުގައި އިމްރާން ފުރިހަމައަށް ޝާމިލްވާކަމަށް އޭނާ ބުންޏެވެ.
އިމްރާން ވަނީ ދަރިފުޅުގެ ބެލެނިވެރިކަން ހިއްސާކުރަމުންދާ ކަމަށާއި، ބޭބީސިޓަރެއްގެ އެހީ ނުނަގައި އަމިއްލައަށް އިމާރާ ބަލަހައްޓަމުންދާ ކަމަށް "ހިންދުސްތާން ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ދެމެދު އިމާރާ އޭނާއާ އެކު ހުންނަ ކަމަށާއި، ކޮންމެ ދުވަހަކު ސްކޫލަށް ގެންދާ ކަމަށެވެ.
އޭނާއަށް ދެވޭ މިންވަރަކުން އިމާރާއަށް ކާންދޭ ކަމާއި، އޭނާ ނިދާން އެހީތެރިވެދޭ ކަމަށް ވެސް އިމްރާން ބުންޏެވެ. ދަރިފުޅުގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމާއި، ޑިޕްރެޝަންގައި އުޅެމުން ފިލްމުކުޅެން ދިއުމަށް ބޭނުންނުވާ ކަމަށް އިމްރާން ފާހަގަކުރިއެވެ.
ދިހަ އަހަރުގެ ކެރިއަރު ބްރޭކަށްފަހު އިމްރާން ހާން ކުޅުނު "ކެޓީ ބެޓީ" ފިލްމު ބޮކްސް އޮފީހުގައި ފްލޮޕްވުމުން އޭނާ ދިރިއުޅުމުގައި އަމާޒު ހިފަމުން ދިޔައީ ދަރިފުޅު އިމާރާ ބެލެހެއްޓުމަށް ކަމަށް ބުންޏެވެ.
އަވަންތިކާއާ ވަރިވިފަހުން އިމްރާން ހާމް މިހާރު ދިރިއުޅެމުން އަންނަނީ ލޭހާ ވޮޝިންގްޓަންއާ އެކުއެވެ.
އިމްރާން އަންނަނީ "ހެޕީ ޕެޓެލް" ކިޔާ ފިލްމަކުން އަލުން ސިނަމާއަށް އައުމަށް ތައްޔާރުވަމުންނެވެ.