ads
ގޭތެރޭގައި ސުނިލްޝެޓީ
ހަތާވީސް އަހަރަށްފަހު އަނެއްކާ ވެސް ސުނީލް ޝެޓީ އާއި ޕޫޖާ ބަޓް އެކުގައި
ނުވަދިހައިގެ އަހަރުތަކުގައި ސުނީލް ޝެޓީ އާއި ޕޫޖާ ބަޓް ފިލުތައް ބަލަމުން ދިޔަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް އުފާވެރި ހަބަރެކެވެ.

ހަތާވިސް އަހަރަށްފަހު މި ޖޯޑު އަނެއްކާ ވެސް އެކުގައި އެކްޝަން ތްރިލާ ފިލްމެއްގައި ސްކްރީން ޝެއާ ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕޫޖާ ބަޓް އާއި ސުނީލް ޝެޓީ ކުޅުނު އެންމެ މަޝްހޫރު އެއް ފިލްމަކީ 1997 ގައި ކުޅުނު "ބޯޑާ" އެވެ. 

މި ދެތަރިން އަނެއްކާވެސް އަލުން އެކުގައި ފެންނާނެކަމަށް އުންމީދު ކުރާ ކްރައިމް ތްރިލާ ފިލްމުގައި ޕޫޖާ ކުޅޭނީ "އަޔަން ލޭޑީ" ކެރެކްޓަރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ސުނީލް ޝެޓީގެ ކެރެކްޓަރާ ބެހޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ލަޔަންސް ގޭޓްއިންނެވެ.

ޕޫޖާ ބަޓްގެ ފިލްމީ ކެރިއަރު އަލުން ކުރިއަރަމުން އަންނަނީ "ބޮމްބޭ ބެގަމްސް" އާއި "ބިގް ގާލްސް ޑޯންޓް ކްރައީ" ފަދަ ފިލްމުތަކުންނެވެ. އަދި ޕޫޖާ ވަނީ "ބިގް ބޮސް އޯޓީޓީ 2" ގައި ވެސް ފެނިފައެވެ.

ސުނީލް ޝެޓީ ވަނީ ފަހަކަށްއައިސް ފެންނަނީ "ޑާންސް ދީވާނޭ" ޑާންސް ރިއަލިޓީ ޝޯގެ ކޯޖަޖެއްގެ ގޮތުގައި މަދްހޫރީ ދީކްޝިތްއާ އެކުގައެވެ. އޭނާ އެންމެ ފަހުން މަސައްކަތްކުރީ "ހަންޓަރ- ޓޫޓޭގާ ނާހީ ޓޯޑޭގާ" ވެބް ސީރީސްގައެވެ. އޭގައި ސުނީލް ކުޅެފައިވަނީ އޭސީޕީގެ ރޯލެވެ. މި ސީރީސްގައި އީޝާ ދިއޯލް ވެސް ފެނިގެންދިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް