ނޭކުރެންދޫ ކައުންސިލުގެ ރައީސް އިބްރާހީމް މައޫޒް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިއަދު އެރަށުން ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހާ ޕޮޒިޓިވްވީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލުންނެވެ.
މައޫޒް ވިދާޅުވީ އެމީހާ ކަރަންޓީނުގެ އުސޫލާ ހިލާފުވެފައިވާ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ. އަދި މިއީ އެރަށުން ޕޮޒިޓިވްވި ފުރަތަމަ މީހާކަން ވެސް ފާހަގަކުރެއްވި އެވެ.
ނޭކުރެންދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިހާރު ރާއްޖޭގެ 22 ރަށެއްގައި ކޮވިޑްގެ 47 އެކްޓިވް ކޭހެއް އެބަ އުޅެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 10 ބިދޭސީ އެކެވެ.