ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިރިހިމަގު، މާފަންނާއި މައްޗަންގޯޅި ބެދުނު ހިސާބުގަނޑު 1958 ގައި--
ތާރީހަކީ ލިޔެވިފައިވާ ދެލިގަނޑަކަށް ވުރެ ބޮޑަށް ލޮލަށް ފެންނަ އެއްޗަކަށް ވާން ޖެހޭ
ތާރީހަކީ ލިޔެވިފައިވާ ދެލިގަނޑަކަށް ވުރެ ބޮޑަށް ލޮލަށް ފެންނަން އޮންނަ އެއްޗަކަށް ހެދުމަށްޓަކައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު 27 ވަނަ ދުވަހު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް އޯޑިއޯ ވިޝުއަލް ޑޭ" ޔުނެސްކޯއިން ފާހަގަކުރަން ފަށާފައި ވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ.
Advertisement

މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ތާރީހީ ގޮތުން ފާހަަގަކުރެވި އުފެއްދިފައިވާ މަންޒަރުތަކާއި އަޑުތައް އަންނަން އޮތް ޖީލުތަކަށް ފެންނާނެހެން ރައްކާތެރިކުރުމާއި އެ ތަކެތި ރައްކާތެރިކުރުމުގެ މުހިންމުކަން އާއްމުންނަށް އަންގައިދިނުމެވެ. ޔުނެސްކޯއިން މި އަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޔުއާ ވިންޑޯ ޓު ދަ ވޯލްޑް" އެވެ.

ދުނިޔެ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު އަމިއްލަ އަތުގައި އޮންނަ ފޯނަކީ ވެސް ކުޑަކުޑަ އަރްޝީފަކަށް ވަނީ ވެފަ އެވެ. މީގެ އެތައް އަހަރެއް ކުރިން ދުނިޔޭގައި ހިނގާ މުހިންމު ކަންތައްތައް ގިނަ ދުވަސްތަކަކަށް ރައްކާކުރުމަށްޓަކައި އޮންނަ ވަސީލަތަކީ ހަމައެކަނި އަތު ލިޔުމެވެ. ނުވަތަ އެ މަންޒަރު ކުރެހުންތެރިކަށް ސިފަވި ގޮތަށް ކުރެހުމެވެ. އެއީ ހިޔާލަށް ވެސް ނުގެނެވޭ ވަރުގެ ބުރަ މަސައްކަތެކެވެ. އޭގެ ފަހުން ދުނިޔެ ތަރައްގީވެ، މަންޒަރުތައް ކެޕްޗާ ކުރެވޭނެ ގޮތްތައް ތަރައްގީވެގެން އައުންވީ ވަރަށް ގިނަ ކަންތައްތަކަކަށް ލިބުނު ހައްލަަކަށެވެ. އަހަރެމެންގެ ހަޔާތުގައި ހިނގާ މުހިންމު ކަންތައްތައް ކުޑަކުޑަ ޑިވައިސް އެއްގައި ރައްކާ ކޮށްލުމަކީ މިހާރު އެއްވެސް ކަމެއް ނޫނެވެ. އެންމެ ފިތަކުން ކުރެވޭހާ ފަސޭހަ ކަމެކެވެ. ލިޔުމަށާއި ހަދާނަށް ބަރޯސާވެ އޭރުގެ މީހުން އުފުލިހާ ބުރަ އާއި ގިނަ ވަގުތު ހޭދަކުރާކަށް މިހާރު ނުޖެހެ އެވެ. 

ޔުނެސްކޯގެ އޯޑިއޯވިޝުއަލް ލައިބްރަރީގައި 70 އަހަރުގެ ތާރީހް ވަނީ ރައްކާކޮށްފަ އެވެ. އެތަނުގައި 6330 ގަޑިއިރުގެ 80 މިލިއަނަށް ވުރެ ގިނަ ފިލްމް، 49،400 ގަޑިއިރުގެ ވީޑިއޯ، 800،000 އެއްހާ ފޮޓޯ އަދި 18،000 ގަޑިއިރުގެ އޯޑިއޯ ރިކޯޑިން ވަނީ ރައްކާކޮށްފަ އެވެ. އެތަނުގެ މަލްޓިމީޑީއާ ރިސޯސަސް ޔުނިޓްގެ ޗީފް އެންޓޯނިއޯ ދަ ސިލްވާ ބުނެފައި ވަނީ އޯޑިއޯ ވިޝުއަލްގެ ތާރީހަށް ބަލައިފި ނަމަ ގިނަ ގައުމުތަކެއްގައި އެތަކެތި ރައްކާތެރިކުރުމަށް ކަމާއިބެހޭ ފަރާތްތަކުން އެފަދަ ތާރީހީ ތަކެއްޗައް ފަރުވާކުޑަކޮށްލުމުން ގިނަ ތަރީހީ މަންޒަރުތަކާއި އަޑުތައް ވަނީ ގެއްލިފައިކަން ފާހަގަކުރެވޭނެ ކަމަށެވެ.

އޭނަ ވިދާޅުވީ އެފަދަ ތަކެތި ރައްކާތެރިކުރުމަށް ހާއްސަ އިންސްޓިޓިއުޓެއް ގާއިމްކޮށް އެކަމުގެ މުހިންމުކަން ކިޔައިދޭން ޖެހެނީ ތާރިހީ ގޮތުން ފާހަގަކުރެވޭ އާއްމުންނަށް ފެނިފައި ނުވާ ނުވަތަ އަޑުނީވޭ އެ މަންޒަރުތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަަކަށް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.

އެހެންކަމުން އަހަރެމެންގެ ހަޔާތުގައި ހިނގާ ކަންކަން ކެމެރާގެ ލެންސަށް ކެޕްޗާ ކުރެވި ރިކޯޑް ކުރުމަކީ އަންނަން އޮތް ޖީލުތަކަށް ކޮށްދޭން ޖެހޭ ކަމެކެވެ. އޭގެ ސަބުބަން ވަގުތާއެކު ދުނިޔެއަށް އަދި ގައުމާއި ސަގާފަތާއި ތާރީހަށް އަންނަ ބަދަލުތައް ޖީލުތަކަށް ދެމިގެންދާނެ އެވެ. އަދި އެއީ އެ ޖީލުތައް ދަސްކުރަން އޮތް ފިލާވަޅަކަށް ވެގެން ދާނެ އެވެ. ވެފައިވާ ގުރުބާންތަކާއި ދިމާވެފައިވާ ދަތި އުނދާގޫތަކުގައި ކަން ހިނގާފައިވާ ގޮތާއި އެ ކަންތައްތަކުން އަރައިގަތުމަށް އުފުލި ބުރަތަކުން އިބްރަތްތަކެއް ހޯދުމަށް ކޮށާދެވޭ މަަގަކަށް ވާނެ އެވެ.

ރައްކާކުރެވޭ ކޮންމެ އެއްޗަކުން ކިޔައިދެނީ އެ ބަޔެއްގެ ދިރިއުޅުމެވެ. އަހަރެމެންނަށް ނުފެނި ނުވަތަ އަޑުނީވި ހުރި އެތައް ވާހަކަތަކެކެވެ. އެހެންކަމުން މިފަދަ ދުވަހެއް ފާހަގަ ކުރަމުން ދަނީ އެ ތަކެތި ރައްކާތެރިކަމާއިއެކު އަންނަން އޮތް ޖީލުތަކަށް ފެންނާނެހެން ރާއްކާތެރިކުރުމުގެ މުހިންމުކަން މުޖުތަމައުގެ އެންމެންނަށް އަންގައިދިނުމަށެވެ.

ރާއްޖޭގައި މިފަދަ ދުވަހެއް ރަސްމީކޮށް މިއަދުން ފެށިގެން ފާހަގަކުރެވެމުންދާއިރު ރާއްޖެއަކީ މިފަދަ ދުވަހެއް ފާހަގަކުރުން ވަރަށް މުހިންމު ގައުމެކެވެ. ސަބަބަކީ ރާއްޖެއަކީ އެތަނެއްގައި ބޮޑުތާރީހެއްއޮތް ތަނަކަށް ވުމެވެ. ތާރީހުން ގިނަގުނަ ފިލާވަލުތަކެއް އަދުގެ ޒުވާނުންނަށް ފޮރުކޮށްދެވިދާނެ ތަނަކަށްވުމެވެ.

ޒަމާނާއި ތަރައްގީއަށް އަންނަ ބަދަލުތަކާއެކު މިއަދު އަޅުގަނޑުމެންނަށް ފެންނަން މިއޮތް ރާއްޖެއަކީ މީގެ އެތައް ސަތޭކަ އަހަރެއް ފަހަތަށް ގޮސް ހުއްޓިލާއިރު ވަރަށް ވެސް ތަފާތު ރާއްޖެއެކެވެ. ބަަދަލުތައް އައިސްފައި ވަނީ ހަމައެކަނި ތާރީހާއި ސަގާފަތާކަށް ނޫނެވެ. ދިވެހިންގެ ރިވެތި އާދަތަކާއި އުޅުމަށް ވެސް ވަނީ ހީނުކުރާހާ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ. އޭރު ކައިއުޅުނު ތަކެތިން ފެށިގެން ކުރި މަސައްކަތްތަކާއި ހަމަޔަށް ބަލާއިރު ވެސް ވަރަށް ބޮޑު ތަފާތުތަކެއް އެބަ ހުއްޓެވެ. މިހާރު ބޮޑުވަމުން އަންނަ ކުދިންނަށް ނޭނގޭ އެތައް ވާހަކަތަކެކެވެ. އަދި ކަަންކަން ހޯދާ ދިރާސާ ކުރާ ބަޔަކަށް އެއީ ވަރަށް ވެސް ޝައުގުވެރިވަނިވި ކަންތައްތަަކެކެވެ. އެހެން ނަމަވެސް ސުވާލަކީ އޭރުގެ އެ މާޒީން އަޅުގަނޑުމެންގެ އަތުގައި ރައްކާކުރެވިފައި ވަނީ ކިހާ ހަނދާނެއްތޯ އެވެ؟ ހޯދަން ބަލާއިރު ލިބެން ހުރީ ކޮންތާކުންތޯ އެވެ؟ ވަކިވަކިން ގުނާ ކަމުގައި ވާނަމަ ރާއްޖޭގެ ތާރީހާއި ގުޅޭ ވީޑިއޯ އަދި އޯޑިއޯ ހުރީ ނިސްބަތުން މަދު އަދަދަކަށެވެ. 

ޒުވާނުން މި ކަންކަަމަށް ހޭލުންތެރިކުރުމާއި އެތަކެތި ޖީލުތަކަަކަށް ދެމިގެންދާނެ ގޮތަކަށް ރައްކާތެރިކުރުން މުހިންމު ވަނީ މިހެންވެ އެވެ. މިސާލެއްގެ ގޮތުން ނަގާ ނަމަ އަޅުގަނޑުމެން މިއަދު ތަހަންމަލު ކުރަމުންދާ ބަލިމަޑުކަން ފުދެ އެވެ. މިއީ މި ޖީލު ދުވަހަކު ވެސް ދެކެފަ އިނުވާ މަންޒަރެކެވެ. އެހެން ނަމަވެސް މިއީ އަޅުގަނޑުމެންގެ ތެރޭގައި ތިބި އިހުގެ ދުވަސްވީ މީހުންނަށް އާ މަންޒަރުތަކެއް ނޫނެވެ. ރާއްޖޭގެ ތާރީހަށް ބަލާއިރު މިފަަދަ ބަލިމަޑުކަމާއި ހިތްދަތި ވަގުތުތަކާއި ބިރުވެރި ވަގުތުތައް އެމީހުން ވަނީ ކަޑަތުކޮށްފަ އެވެ.

އެހެން ނަމަވެސް އަޅުގަނޑުމެން އަތުގައި ނެތް އެއްޗަކީ އެ ހަނދާންތަކެވެ. އެ މަންޒަރުތަކެވެ. އެ ކަންތައްތަކުން އަރައިގަތުމަށް އޭރުގެ މީހުން އުޅުނު ހާލު ތަސައްވަރު ކޮށްލުމަށް އަޅުގަނޑުމެންނަށް މިއަދު ދަތިވެފައި ވަނީ އެ މަންޒަރުތައް އަޅުގަނޑުމެންގެ އަތުގައި ނެތީމަ އެވެ. މަންޒަރީ ތާރީހު ރައްކާކުރުން މުހިންމު ވަނީ މި ސަބަބަށްޓަކަ އެވެ. އަދި މިފަދަ އެތައް ސަބަބުތަކަށްޓަކަ އެވެ.

ފޮތެއްގައި ލިޔެވޭ ތާރީހަކުން އަދި ނުފުދެ އެވެ. މަންޒަރުތައް ވެސް ފެންނަން ހުންނަން ޖެހެ އެވެ. ލޮލަށް ނުފެންނަނީސް ގަބޫލްކުރަން އުނދަގޫވާ ބީދައިން ތާރީހަކީ ވެސް ލިޔެވިފައިވާ ދެލިގަނޑަކަށް ވުރެ ބޮޑަށް ލޮލަށް ފެންނަން އޮތް އެއްޗަކަށް ވެސް ވާންޖެހެ އެވެ. މާދަމާ އަންނަން އޮތް ޖީލުތަކުން މިއަދު އަޅުގަނޑުމެން މިކުރާ ޝަކުވާ ކުރުމަށް ފުރުސަތު ދެވިގެންނުވާނެއެވެ. އެ ޖީލުތައް ތާރީހު ބެލުމަށް ހުޅުވާނެ ކުޑަދޮރުތައް މިއަދު އަޅުގަނޑުމެން ވާނީ ތައްޔާރުކޮށްދޭށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް