ads
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާ މުހައްމަދު-- ފޮޓޯ: ހެލްތު މިނިސްޓްރީ
ވެންޓިލޭޓަރު މައްސަލަ ރިވިއުކޮށްދޭން އޭސީސީން ޕީޖީގައި އެދިއްޖެ
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުންް ރިވިއުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

އޭސީސީގެ އޮފިޝަލަކު މިރޭ ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ޕީޖީގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ. 

ކޮވިޑް-19 އާއި ގުޅިގެން ގެނައުމަށް ނިންމި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް މައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީން ވަނީ ބުނެފައެވެ. އެ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން މައްސަލަ ޕީޖީ އަށް ފޮނުވިއިރު ޕީޖީން މިމަހުގެ 20 ވަނަ ދުވަހު ނިންމެވީ އެ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.

ޕީޖީ ހުސައިން ޝަމީމް އެ މައްސަލައާއި ގުޅޭގޮތުން ވިދާޅުވީ، އެ މައްސަލައިގައި އޭސީސީން ފޮނުވާފައިވާ ލިޔެކިޔުންތަކަށް ބިނާކޮށް މީހަކަށް ދައުވާއެއްކުރާ ވަރަށް އަދި ސާބިތުކޮށްދެވޭވަރަށް ހެކި ނެތްކަމަށެވެ.  

އެކަމަކު އޭސީސީން އޭރު ވެސް ބުނެފައި ވަނީ އެ މައްސަލަ ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް