އެ ލައިވްގައި ސެލީނާ އާއި ޓިމޯތީ ވަނީ ޒުވާން ކުދިން ވޯޓުލުމުގެ މުހިންމުކަމުގެ މައްޗައް ވާހަކަދައްކާފަ އެވެ.
ސެލީނާ އެކަމާއި ގުޅިގެން ވާހަކަދައްކާ ނިންމާލުމުން ޓިމޯތީ ވަނީ ސެލީނާއަށް 29 ނޫންތޯ ބުނެ ސުވާލުކޮށްފަ އެވެ.
އެޔާއިއެކު 28 އަހަރުގެ ސެލީނާ ވަނީ ޝޮކެއްގައި ވަގުތުކޮޅަކަށް އިނުމަށްފަހު "އޯމައި ގޯޝް" އޭ ބުނެ ހޭން ފަށާފަ އެވެ.
ޓިމޯތީ ފަހުން ވަނީ ސެލީނާގެ އުމުރު ގޫގަލް ވެސް ކޮށްފަ އެވެ. އަދި ސެލީނާގެ އުމުރަކީ 28 އަހަރުކަން އެނގުމުން އޭނަ ވަނީ ސެލީނާގެ އުމުރު މާ މަތިކުރެވުނީތީ ތަކުރާރުކޮށް މައާފަށް އެދިފަ އެވެ.
ސެލީނާ އާއި ޓިމޯތީ ވަނީ ފިލްމް "އަ ރެއިނީ ޑޭ އިން ނިއުޔޯކް" ގައި އެކުގައި މަސައްކަތްކޮށްފަ އެވެ.