 
                                                                                                
                    މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯ ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް އޭނާގެ ހަށިގަނޑަން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
އަމިއްލަ ގައުމުގައި ހުއްޓާ ރޮނާލްޑީނިއޯ ކޮވިޑަށް ޕޮޒިޓިވްވީ ހަބަރު މި ލިބުނީ، ވަގު ޕާސްޕޯޓެއްގެ މައްސަލައިގާ ޕެރަގުއޭގައި ރޮނާލްޑީނީއޯ އެތައް ދުވަހަކު ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ދޫކޮށްލިތާ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ވަގު ޕާސްޕޯޓެއްގައި އެ ގައުމަށް އެތެރެވި މައްސަލައިގާ އެ ގައުމުގެ ޖަލެއްގައި ވެސް ރޮނާލްޑީނިއޯ މަހެއްހާ ދުވަހު ހައްޔަރުކޮށްފައި ހުއްޓެވެ. ފަހުން އޭނާ ބަންދުކޮށްފައި ހުރީ ލަގްޒަރީ ހޮޓަލެއްގަ އެވެ.