ads
މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިނިސްޓަރު އަސްލަމް، ޖާބިރަށް: ކޭބަލް ކާރު އެޅުމަކީ ވާނެ ކަމެއް ނޫން!
ކޭބަލް ކާރު އެޅުމަކީ ފީޒިބަލް ކަމެއް ނޫން ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް އެފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން ޖާބިރު ކުރި ސުވާލުގައި ވަނީ، ކާށިދޫގައި އެޅުމަށް ނިންމާފައިވާ ކޭބަލްކާރުގެ މަސައްކަތްތައް ސަރުކާރުން ޕްލޭނިންއަށް ނުލައިގެން އުޅޭ ސަބަބު ސާފުކޮށްދިނުމަށް މިނިސްޓަރު އަސްލަމްގެ އަރިހުން އެދިފަ އެވެ. 

އެސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކޭބަލް ކާރުގެ ވާހަކައަކީ މެމްބަރު ޖާބިރު ރައްޔިތުންނަށް ހުށަހަޅާފައިވާ ވާހަކަ އެއްކަމަށާއި، އެހެން ނަމަވެސް ކާށިދޫއިން އެއްވެސް ތާކަށް ކޭބަލް ކާރެއް އެޅުމަކީ ފީޒިބަލް ކަމެއްކަމަށް ނުދެކޭކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ "ކިތަންމެ ބާރަށް މިބާވަތުގެ ވާހަކަތައް" ދެއްކިނަމަވެސް އެއީ ވާނެކަމެއް ނޫންކަން ރައްޔިތުންނަށް އިނގެންޖެހޭ ކަމަށެވެ. 

"އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ވާނެކަމެއް ކަމަށް، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްކަމުގަ ވެސް."

އޭގެއިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ހަމަބުއްދީގައި ހުރެ އެއީ ފީޒިބަލް ކަމެއްކަމަށް ނުދެކޭކަމަށާއި، އަދި ވާނެ ކަމެއްކަމަށް ވެސް ނުދެކޭކަމަށެވެ. 

ކ. ކާށިދޫ އާއި ކ. ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ ޖާބިރު މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ. ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވި އިރު ޖާބިރު ވިދާޅުވީ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކޭބަލް ކާރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެގޮތުން ކޭބަލް ކާރު ރާއްޖެއަށް ތައާރަފުކުރެވިއްޖެނަމަ އެއީ ބޮޑު އާމްދަނީއެއް ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ޖާބިރު އޭރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް