ads
ޑޯނިއާ މަތިންދާބޯޓުގައި ބަލިމީހަކު މާލެ ގެނެސްފައި--
ޑޯނިއާ މަތިންދާ ބޯޓުގައި ފުރަތަމަ ފަހަރަށް ބަލި މީހަކު މާލެ ގެނެސްފި
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓުގައި ފުރަތަމަ ފަަހަރަށް ބަލި މީހަކު މާލެ ގެނެސްފި އެވެ.

އަވަސް ފަރުވާ ބޭނުންވެގެން މިއަދު އެ ބޯޓުގައި މާލެ ގެނެސްފައި ވަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަަލްގައި ފަރުވާދެމުން ދިޔަ 78 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމަތު ދެއެވެ. 

އެމްއެންޑީއެފްއިން ބުނީ އެމީހާ މާލެ ގެނެވިފައި ވަނީ ދަންވަރު 03:10 ގައި ކަމަށެވެ. 

ރާއްޖޭގެ ދިދަ އާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ހަރަކާތްތެރިވާ މި މަތިންދާ ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓާ ކުރުމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސް އާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއް ތަނަށް ބަލިމީހުން އުފުލުމަށާއި އަދިވެސް އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. 

ރާއްޖެއަށް މި ބޯޓު ގެނައި ފަހުން ބަލިމީހަކު އުފުލުމަށް ބޯޓު ބޭނުން ކުރި މިއީ ފުރަތަމަ ފަހަރެވެ.

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން އިންޑިއާއިން ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ޑޯނިއާ މަތިންދާބޯޓު ރާއްޖެ ގެނެސްފައި ވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް