ads
އެމްޓީސީސީއިން ވ. ފެލިދޫގައި ހެދި ބަނދަރު--
ކާމިޔާބުކަމާއެކު އެމްޓީސީސީން ތިން ވަނަ ކުއާޓަރު ނިންމާލައިފި
ކުންފުނީގެ 39 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް މާލީ އަހަރެއްގެ ތިންވަނަ ކުއާޓަރާއި ހަމައަށް ރިކޯޑްކުރެވުނު އެންމެ ރަނގަޅު ނަތީޖާއާއި އެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތިންވަނަ ކުއާޓާ ނިންމާލައިފި އެވެ.

އެމްޓީސީސީ އިން އާންމުކުރި 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން އެކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 60.21 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 62.76 އިންސައްތަ އިތުރު އަދަދެކެވެ.

އެމްޓީސީސީގެ ތިންވަނަ ކުއާޓަރުގެ މާލީ ބަޔާނަށް ނަޒަރު ހިންގާލާއިރު، އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 350.18 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި، އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 282.82 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 69.72 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 46.04 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

މީގެ އިތުރުން މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ޖުމްލަ 951.79 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ 759.82 މިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބިފައިވެއެވެ. އަދި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާގެ ގޮތުގައި ޖުމްލަ 140.26 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 21.77 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެމްޓީސީސީ އިން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލައިލާއިރު، 70 މަޝްރޫއެއްގެ މަސައްކަތްކުރެވިފައިވާ އިރު، އޭގެ ތެރެއިން 11 މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާއި އެކު ނިންމާލައިފައެވެ. އަދި އިތުރު 12 މަޝްރޫއުގެ މަސައްކަތް މި ކުއާޓަރުގައި ފަށައިގެން ކުރިއަށް ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް