ads
ސްރީލަންކާ--
ލަންކާގެ ގާނޫނު ހަދާ މަޖިލިސް ބަންދުކޮށްފި
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް ދެ ދުވަހަށް ބަންދުކުރަން ނިންމާފައިވަނީ އެ ތަނުގައި މަސައްކަތްކުރަމުން ދިޔަ ފުލުހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ގާނޫނު ހަދާ މަޖިލިސްގެ ޑިސްއިންފެކްޓް ކުރުމަށް ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލިސްގެ ސާޖަންޓް އެޓް އާމްސް ނަރެންދްރަ ފެނާންޑޯ ބުނެފިއެވެ.

ކޮވިޑް އަށް ޕޮޒިޓިވްވި ފުލުސް މީހާއާއި ގުޅުން ހުރި ފަރާތްތަކުގެ ސާމްޕަލްތައް މިއަދު ނަގާފައިވާ އިރު، މާދަމާ އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގައި މަސައްކަތްކުރާ 22 މީހެއްގެ ސާމްޕަލް ނަގާނެ ކަމަށް ފެނާންޑޯ ބުންޏެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ލަންކާ ސަރުކާރުން ވަނީ ކޭސްތައް ގިނައިން ފެނިފައިވާ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސަރަހައްދުތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ސްކޫލްތަކާއި، އާންމުން އެއްވެ އުޅޭ ތަންތަން ބަންދުކުރުމާއި، އާންމު ދަތުރުފަތުރު ކުރުންވެސް މަޑުޖައްސާލައިފައި ވެއެވެ.

މިއަދު 351 މީހުން ލަންކާ އިން ކޮވިޑް އަށް ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ އެގައުމުން މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

މިހާތަނަށް ސްރީލަންކާގެ 7،153 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، 14 މީހުން ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް