ads
ޕްރިޔަންކާ--
އުމުރުން 35 އަހަރުވިއިރު ކައިވެނި ނުކޮށް ހުރުމުން ޕްރިޔަންކާ ކަންބޮޑުވި
އިންޑިއާގެ ރީތީގެ ރާނީކަން 2000 ވަނަ އަހަރު ހޯދި ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޮޕްރާ އަށް މިހާރު ވަނީ 38 އަހަރުވެފަ އެވެ. މިސް އިންޑިއާގެ ލަގަބު ކާމިޔާބުކޮށް ޕްރިޔަންކާ ބޮލީވުޑަށް ނިކުތްތާ މިހާރު 20 އަހަރު ވެފައި ވާއިރު، އޭނާ ދަނީ ހޮލީވުޑްގައި ވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Advertisement

އެއާއެކު އޭނާ ވަނީ އޭނާއަށް ވުރެ 10 އަހަރު ހަގު އުމުރުން 28 އަހަރުގެ ނިކް ޖޯނަސްއާ ދިމާވެ ކައިވެނި ވެސް ކޮށްފަ އެވެ.

އެހެން ނަމަވެސް ޕްރިޔަންކާ ވަނީ ދުވަހަކު ވެސް އޭނާގެ ކައިވެނި ކުރެވޭނެ ކަމަށް ހިތަށް ނާރާ ކަމަށް ބުނެފަ އެވެ. އޭނަ ބުނެފައި ވަނީ އޭނަގެ އުމުރުން 35 އަހަރުވުމާއެކު ކައިވެނި ކުރަން ބޭނުންވެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރެވުނު ކަމަށާއި އޭރު ދެން ދުވަހަކު ވެސް ކައިވެނި ކުރެވޭނެއޭ ހިތަށް ނާރާ ކަމަށެވެ. 

ނަމަވެސް ޕްރިޔަންކާގެ މަންމަ އަބަދުވެސް އޭނައަށް ހިތްވަރުދޭ ކަމަށާއި ހޯދިފައިވާ ކާމިޔާބީއާއެކު ކުރިައށް ދިޔުމަށް ބުނާނެ ކަމަށް އޭނަ ބުނެފައި ވެއެވެ. އަދި މީހުން ކިޔާ އެއްޗަކަށް ނުވިސްނުމަށް ވެސް ނަސޭހަތްދޭ ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ.

ޕްރިޔަންކާ ބުނީ އޭނަގެ ދިރިއުޅުމުގައި ހުރި އަޑިގަނޑުތަކުން އަރައިގެންފައި ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުންކޮށްގެން ކުރިއަށް ދިޔުމަށް ކުރި މަސައްކަތުން ކަމަށެވެ. 

ޕްރޔަންކާ އާއި ނިކްގެ ކައިވެންޏަށް ބޮލީވުޑާއި ހޮލީވުޑްގެ ގިނަ ފޭނުންގެ ސަމާލުކަން ހުއްޓުނު އިރު މި ދެ ތަރިންގެ އުމުރުގެ ތަފާތަކީ 10 އަހަރެވެ. 

ނިކް އަށް ވުރެ 10 އަހަރު ޕްރިޔަންކާ އުމުރުން ދޮށިވުމުން ގިނަ ބަޔަކު އޭނާ އަށް ފާޑުކީ ނަމަވެސް ލޯބިވާ ދެމީހެއް އުފަލުގައި އުޅުމަށް އުމުރަކީ އެއްވެސް އެއްޗެއް ނޫން ކަން އެ ދެމީހުން ދަނީ ދުނިޔެއަށް ދައްކަމުންނެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް