މިލާންގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިން މިނިޓް ނުވަނަވީސް މިލާނަށް ފުރަތަމަ ލަނޑު ޖަހައިދިނީ ޒްލަޓާންއެވެ. ރޯމާއިން އެއްވަރު ކުރީ އޭނގެ ދިހަވަރަކަށް މިނިޓް ފަހުން އެޑިން ޖެކޯއެވެ.
މިލާނަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ދެވަނަ ހާފުގެ ތެރޭގައި އެލެކްސިސް ސައެލެމައެކާސްއެވެ. ރޯމާއިން ދެވަނަ ފަހަރަށް އެއްވަރު ކުރީ ޕެނަލްޓީއަކުން ޖޯޑަން ވެރެޓޫއެވެ. އޭނގެ ފަހުން އަނެއްކާ މިލާނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ތިން ވަނަ ފަހަރަށް މިލާނަށް ކުރި ހޯދައިދިނީ ޒްލަޓާންއެވެ. ތިން ވަނަ ފަހަރަށް ރޯމާއަށް އެއްވަރުކޮށްދިނީ މަރަޝް ކުމްބުލާ އެވެ.
ރޭގެ މެޗުގައި ޖެހި ދެ ގޯލާއި އެކު ޒްލަޓާން އިބްރޮހޮމަވިޗް މި ސީޒަންގައި ޖެހި ގޯލުގެ އަދަދުވަނީ ހަތަކަށް އަރާފައެވެ.