ads
ދާންދޫ އިން މީހުން ގެންދިއުން--
ގއ.ދާންދޫ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދެނީ
ގއ.ދާންދޫ އޯޝަން ކިންގް މަސްދޯއިން މަހަށް ނިކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އޭނާއަށް އިތުރު ފަރުވާ ދިނުމަށް ތިނަދޫއަށް ގެންގޮސްފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެރަށު އޯޝަން ކިންގް މަސްދޯއިން މިއަދު މަހަށް ނިކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ކަމަށާއި، އޭނާ ރަށް ގެނެސް ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ގދ.ތިނަދޫއަށް ފޮނުވާލެވިފައިވާ ކަމަށެވެ. 

ކައުންސިލްގެ ރައީސް ވިދާޅުވީ، ބުޅި ހެރިގެން އަނިޔާވެފައިވަނީ، މަސްވެރިޔާގެ ލޯލާއި ނޭފަތް ކައިރިއަށް ކަމަށެވެ. އެހެންކަމުން ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، ތިނަދޫއަށް ފޮނުވާލީ، ލޮލަށް ސީރިއަސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ކަމަށެވެ. އެގޮތުން އަތޮޅުގައި މިވަގުތު ލޮލުގެ ހާއްސަ ޑޮކްޓަރެއް ހުރީ ތިނަދޫ، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކަމުން، އެހޮސްޕިޓަލަށް މިހާރު އޭނާ ފޮނުވާލެވިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް