އެގޮތުން ދާދި ފަހުން ބޭއްވި އޮންލައިން އިވެންޓެއްގައި އޭނާ ވަނީ ޒުވާނުން ވޯޓުލުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ވާހަކަދައްކާފަ އެވެ.
އެހެން ނަމަވެސް ސެލީނާ ބުނީ އޭނަ ދުވަހަކު ވެސް އަދި ވޯޓު ނުލާ ކަމަށެވެ. އަދި މިއީ އޭނާ ވޯޓުލާ ފުރަތަމަ ފަހަރުކަން ވެސް ވަނީ ހާމަކޮށްފަ އެވެ.
ސެލީނާ ބުނީ މިއީ އޭނާ ވޯޓުލާ ފުރަތަމަ ފަހަރު ކަމަށް ވުމުން، އެ ވާހަކަ ބުނަން ލަދު ގަތް ކަމަށެވެ. މީގެ ކުރިން ސެލީނާ ހީކުރީ އޭނާގެ ވޯޓަކީ މުހިންމު އެއްޗެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެން ނަމަވެސް ވޯޓަކީ ވަރަށް މުހިންމު އެއްޗެއް ކަމާއި ކޮންމެ ވޯޓަކީ ވެސް ގުނޭނެ އެއްޗެއްކަން މިހާރު އެނގިއްޖެ ކަމަށް އޭނަ ބުނެފައި ވެއެވެ.