ads
އެންއައިސީ-- ފޮޓޯ: ރައީސް އޮފީސް
އެންއައިސީގެ ރައީސް ކަމަށް ގާސިމް އައްޔަނު ކޮށްފި
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމަށް ގާސިމް އަބްދުލްކަރީމް އައްޔަނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެންއައިސީގެ ރައީސް ކަމަށް ގާސިމް އައްޔަނުކޮށްފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ މަޖިލީހަށް އައްގަވާފައިވާ ކަމަށެވެ. 

އެންއައިސީ އަށް ގާސިމް ހިމެނޭގޮތަށް ހަތަރު ބޭފުޅުން އައްޔަނުކޮށްފައިވަނީ އޮކްޓޫބަރު 26 ވަނަ ދުވަހު އެވެ.

އެގޮތުން އެންއައިސީއަށް އަޔަނުކޮށްފައިވަނީ އާމިނަތު ޝާދިޔާ އާއި އަލްއުސްތާޒު އާމިނަތު ޝިއުނާ އާއި އަލްއުސްތާޒު ޝުއައިބު އަބްދުއްރަހުމާން އަދި ގާސިމް އަބްދުލްކަރީމް އެވެ. 

އެފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އޮކްޓޫބަރު 19 ވަނަ ދުވަހު އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާކުރެވެމުންދިޔަ އެކައުންޓެއްގެ މައުލޫމާތު ލީކުކޮށްލި މައްސަލައިގައި އެންއައިސީއަށް އައްޔަނުކުރި ގާސިމްގެ މައްޗަށް ޖަލު ހުކުމެއް ވެސް އަޔެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ މިނިވަންވެފައި ވަނީ 2017 ވަނަ އަހަރުގަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް