ads
ފުޅަދޫ ބަނދަރުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
ފުޅަދޫ ބަނދަރުގެ 50 ޕަސަންޓު މަސައްކަތް ނިންމާލައިފި
ބ. ފުޅަދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެގޮތުން ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުުގެ މަޝްރޫއުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ މަޝްރޫއުގެ ދަށުން 29،167 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 22،694 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 223 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 108 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި އާއި މަގުބައްތި ހަރުކުރުމާއި، 558 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ކުރިއަށް ދާނެ އެވެ.

އެމްޓީސީސީ އަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 48.2 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއު މޮބިލައިޒްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 19 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް