އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރަނީ މިލިޓަރީ ބޭހެއް ނޫން: އިމްރާން
26 ނޮވެންބަރ 2019 - 10:39:35
އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރަނީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ފެތުރެމުންދާ ޙަބަރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދޮގު ކުރައްވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގެ އެންމެ އަގުބޮޑު ބިމުގެ 1 ކިލޯމީޓަރަށްވުރެ ދިގު ބިމުގައި ހަދަމުންދާ ބޮޑު އިމާރާތަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ހިންގުމަށްޓަކައި އިމާރާތް ކުރާ ތަނެއްގެ ޚަބަރު ފެތުރެމުންދާ އިރު އެ ބިމަކީ ކޮން ފަރާތަކަށް ދޫކުރެވިފައިވާ ބިމެއްތޯއާއި އެ ތަނުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ ކޮން ފަރާތްތަކުންތޯއާއި އަދި އެ އިމާރާތާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލް ހޯދުމަށްޓަކައި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހޯމް މިނިސްޓަރ ކުރެން އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރަމުންދަނީ ނެޝެނަލް ޕޮލިސް އެކަޑަމީ އެއް ކަމަށެވެ.
އަދި ފެތުރެމުންދާ ޚަބަރުތަކަކީ ދޮގެއް ކަމަށް ވިދާޅުވެ މިނިސްޓަރ އިމްރާން ވިދާޅުވީ 2004 ވަނަ އަހަރުގައި އެންއެސްއެސްގެ ދަށުން މޯލްޑިވުސް ޕޮލިސް ސަރވިސް ވަކިވެ ސަލާމަތީ ޙިދުމަތް ދިނުމުގައި ވަކި މުއައްސަސާއެއްގެ ގޮތުގައި ވަކިވެ ފުލުހުންނަށް ބޭނުންވާ ފުރިހަމަ ތަމްރީނާއި ހުނަރު ލިއްބައިދިނުމަށްޓަކައި ބޭނުންވާ ތަމްރީނުދޭ މަރުކަޒެއް އެޅުމުގެ މަސައްކަތް އޭރުއްސުރެ ފެށިގެން ކުރަމުންދިޔަ ކަމަށެވެ.
އެގޮތުން ކުރެވުނު ގިނަ މަސައްކަތްތަކުގެ ތެރެއިން 2009 ވަނަ އަހަރުގައި އިންޑިއާގެ ސަރުކާރާއެކު ދިވެހި ރާޢްޖޭގައި ފުލުހުންނަށް ޕޮލިސް އެކަޑަމީއެއް ގާއިމް ކުރުމުގެ މަޝްވަރާ ކުރެވުނު ކަމަށާއި އެގޮތުން 26 ސެޕްޓެންބަރ 2012 ވަނަ އަހަރުގައި އިންޑިއާގެ ސަރުކާރާއެކު އެމްއޯޔޫ އެއްގައި ދިވެހި ސަރުކާރުން ސޮއި ކުރި ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެ އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އޭރުގެ ހޯމް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި އިންޑިޔާ ސަރުކާރުގެ ފަރާތުން ޝުޝިލް ކުމާރު ސޮއި ކުރި ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އޭރުގައިވެސް އެ އެމްއޯޔޫގައި ވަރަށް ސާފުކޮށް އެއީ ޕޮލިސް އެކަޑަމީއެއް ކަމަށް ކަނޑައެޅިގެން ބަޔާން ވެފައި ވާނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އޭރު އެ އެކަޑަމީ އަޅާނީ ޅ. ދިއްފުދީ މާދޫގައި ގާއިމް ކުރުމަށް ނިއްމާފައިވާނޭ ކަމަށާއި އެ ޕޮރްޖެކްޓަށް 18.3 މިލިއަން ޑޮލަރު ޙަރަދު ކުރާނޭ ކަމަށްވެސް އެ އެމްއޯޔޫގައި ފާހަގަ ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެއާއެކު އެ ޕޮރްޖެކްޓް ހިންގުމަށް ހަވާލު ކޮށްފައި ވަނީ ނޭޝެނަލް ބިލްޑިންގ ކޯޕަރޭޝަން އާއި ކަމަށްވެސް އެ އެމްއޯޔޫގައި ބަޔާންކޮށްފައި ވާނޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދި އެމްއޯޔޫގައި ސޮއި ކުރުމަށްފަހު ސަރުކާރުން އެ އެކަޑަމީ ގާއިމް ކުރާނެ ތަނަކާ މެދު މަޝްވަރާ ކުރެވި ޅ. ގާދިއްފުށި މާދޫގައި ގާއިމް ކުރުމަށް ނިންމި ޕޮލިސް އެކަޑަމީ ފަހުން ދ. ވާނީ އަށް ބަދަލުކުރުމަށް ސަރުކާރުގެ ވިސްނުން ގެންގުޅުމަށް ފަހު ސ. ހިތަދޫ ރުށްޖެހި ސަރަހައްދަށް ބަދަލުކުރެވި އޭގެ ފަހުން މިހާރު އެ އެކަޑަމީ ހަދަމުންދާ ޕޯޓްސް ލިމިޓެޑްގެ ދެކުނު ސަރައްހައްދުގެ ބިން ކަނޑައެޅައި ފާހަގަ ކުރެވުނު ކަމަށް މިނިސްޓަރ އިޮމްރާން ވިދާޅުވިއެވެ.
އެގޮތުން 18 ނޮވެންބަރ 2014 ވަނަ އަހަރުގައި އެ ބިން އައްޑޫ ސިޓީން ކަނޑައެޅި އެ މަަސައްކަތް ހަވާލު ކުރެވުނު ކަމަށެވެ. އަދި 26 ޑިސެންބަރ 2016ގައި އަމަލީ މަސައްކަތް ފެށިގެން ދިޔަކަމަށާއި ޝެޑިއުލަށް ބަދަލެއް ނުގެނެވި މަސައްކަތް ކުރިއަށްދާ ކަމުގައި ވަނީ ނަމަ އަންނަ އަހަރުގެ ޖުލައި މަހުގައި މަސައްކަތް ނިމޭނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުން ކޮށްދޭންޖެހޭ 11 ކަމެއް ފާހަގަކޮށްފައި ވާނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެ ތަނާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތައް ތަކުރާރުކޮށް ދޮގު ކުރައްވާ މިނިސްޓަރ ވިދާޅުވީ އެމްއޯޔޫގައި ކަނޑައެޅިގެން އެ ތަނުގައި އިމާރާތް ކުރަނީ ނެޝެނަލް ޕޮލިސް އެކަޑީ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
އެތަނުގައި ބޭރު ބަޔަކަށް އަދި ދިވެހިންނަށްވެސް މިލިޓަރީ އެއްވެސް ހަރަކާތެއް ނުހިންގޭނޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް