ads
ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)--
ޝަހިންދާ ފޮރުވައިގެން އުޅެނީ މި ސަރުކާރުން: އަދުރޭ
ރައްޔިތުންގެ މަޖިލީހުގައި ރޭ ކުރިއަށްދިޔަ އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ޝަހިންދާ އިސްމާއިލަށް ފުރުސަތު ދިނުމުން، އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

މީސްމީޑިއާގައި މިހާރުވެސް ގިނަ ބައެއްގެ ފާޑުކިއުން މިކަމަށް އަމާޒުވަމުން އަންނައިރު، އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރޭގެ ފޯރަމްގައި ޝަހިންދާއަށް ފުރުސަތު ދިނުމަކީ އިސްލާމް ދީނަށް ލޯބިކުރާ ދިވެހިންނަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ބިރުވެރި އިންޒާރެއް ކަމަށެވެ. އަދި ޝަހިންދާއަކީ މި ސަރުކާރުގެ ލާދީނީ އެޖެންޑަ ތަންފީޒު ކުރުމުގައި މުހިންމު ބައިވެރިއެއްކަން ކަށަވަރު ކޮށްދީފި ކަމަށާއި، ޝަހިންދާ ފޮރުވައިގެން އުޅެނީ މި ސަރުކާރުންކަން އިތުރަށް ޔަގީން ވެއްޖެ ކަމަށް ވެސް އަދުރޭގެ ޓްވީޓުގައި ވެއެވެ. 

ރޭގެ ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެގޮތުން ޝަހިންދާ ވަނީ ޖަރުމަނުގައި ހުރެގެން ވާޗުއަލްކޮށް ފޯރަމްގައި ބައިވެރިވެ ހިޔާލު ފާޅުކޮށްފަ އެވެ. 

އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ރިޕޯޓް ނެރުނު މައްސަލާގައި ޝަހިންދާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނިކޮށް، ރާއްޖެއިން ބޭރުގައި ހުރެގެން މިފަދަ ގޮތަކަށް މަޖިލީހުގެ ފޯރަމެއްގައި ބައިވެރިވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ނުރުހުން ފާޅުކޮށް ވާހަކަ ދައްކަވާފަ އެވެ. 

މިކަމާއި ގުޅިގެން އަދާލަތް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ކުރެއްވި ޓްވީޓަށް ރައްދުދެމުން ޝަހިންދާ ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ، އޭނާއަކީ ފިލައިގެން އުޅޭ މީހެން ނޫން ކަމަށާއި، އޮންލައިންކޮށް ނުވަތަ ފޯން މެދުވެރިކޮށް ބަޔާނެއް ދޭނެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށާއި، އޭގެ ފަހުން މިހާރު އަހަރެއް ވެފައިވާ ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް