ads
ދެކުނު އެފްރިކާގެ ރައީސް---
ދެކުނު އެފްރިކާގެ ރައީސް ކަރަންޓީނަށް
ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ އަމިއްލަފުޅަށް ކަރަންޓީނުވެ ވަޑައިގެންފި އެވެ.

ރަމަފޯސާ އަމިއްލަފުޅަށް ކަރަންޓީނު ވެވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އޭނާ ބައިވެރިވެވަޑައިގަތް ރަސްމިއްޔާތެއްގައި ބައިވެރިވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. 

ނަމަވެސް ރަމަފޯސާގެ ފަރާތުން އެއްވެސް ކަހަލަ އަލާމާތެއް ނުފެންނަ ކަމަށާއި، ރައީސްގެ ގޮތުގައި އަދާކުރައްވަން ޖެހޭ ޒިންމާތައް އަދާކުރައްވާނެ ކަމަށް ދެކުނު އެފްރިކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.

އެ ރަސްމިއްޔާތު ބާއްވައިފައި ވަނީ ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ކަމަށާއި، ރަމަފޯސާ މާސްކް ނެންގެވީ ހަމައެކަނި ފަރިއްކުޅުއްވުމަށާއި، ރަސްމިއްޔާތުގެ ބައިވެރިންނާއި މުހާތަބުކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ކަމަށް ދެކުނު އެފްރިކާގެ ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކޮވިޑް-19 ގެ ސަބަބުން އަމިއްލަފުޅަށް ކަރަންޓީނުވެ ވަޑައިގަތް ލީޑަރުންގެ ތެރޭގައި ރަމަފޯސާ ހިމެނިވަޑައިގަންނަވާ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ވަނީ މީގެ ކުރިން ކޮވިޑް-19 ޖެހިފަ އެވެ.

މިހާތަނަށް ދެކުނު އެފްރިކާ އިން 718،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، 19،053 މީހުން ވަނީ މަރުވެފަ އެވެ. ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް އެފްރިކާގެ ގައުމަކީ ދެކުުނު އެފްރިކާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް