ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތާގަށް ސްޓްރޯކެއް ޖެހިފައި ވަނީ ރޭ 12:30 ހާއިރެވެ.
މިހާރު މުސްތާގަށް ފަރުވާ ދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިމަޖަންސީ ރޫމު ގައެވެ.
އެވިޑް ކޮލެޖުގެ އޮފިޝަލަކު ސީއެންއެމަށް މައުލޫމާތު ދެމުން ބުނީ މީގެ ކުޑައިރުކޮޅެއް ކުރިން އެމްއާރުއައިއެއް ހަދާފައިވާ ކަމަށާއި ނަތީޖާ އަދި ނުލިބޭ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔަ އިރަށް ވުރެ މިހާރު ހާލު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވަނީ ފާހަގަކޮށްފަ އެވެ.
މާސްޓާސް ލެވެލްއަށް ކިޔަވައިދެމުން އަންނަ އެވިޑް ކޮލެޖުގައި މިހާރު ވެސް 2000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެ އެވެ.