ads
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރައީސް އޮފީހުގައި--
އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަނީ
އެމެރިކާގެ ރެޒިޑެންޓް އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.

އެކަން ހާމަކުރީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު އެވެ. 

އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމާފައި ވާއިރު، މިކަމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ބަދަހިވަމުންދާ ގުޅުމުގެ ގާތް ކަން ކަމުގައި ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. 

އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުން އެގައުމަށް ދިވެހިން ދަތުރު ކުރުމަށާއި ދިވެހި ދަރިވަރުން އެގައުމުގައި މަތީ ތައުލީމް ހާސިލް ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ އެވެ. 

އޭގެ އިތުރުން މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ލިބުނު ފުރުސަތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. 

އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމިއިރު، އިނގިރޭސިވިލާތުގެ އެމްބަސީއެއް ވެސް މިހާރު ވަނީ ހުޅުވާފަ އެވެ. އަދި އަލުން ވަނީ ކޮމަންވެލްތުގެ މެމްބަރު ކަން ރާއްޖެއަށް ލިބިފަ އެވެ.

މިކަންކަމުން ދައްކުވައިދެނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ދައުރު ފުޅާ ކުރުމަށް ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ކާމިޔާބު ކަމަށް ސަރުކާރުން ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް