ads
މާފުށި--
މާފުށިން ގެސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރަމުން އަންނަ ކ. މާފުށިން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މާފުށީ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އީޖިޕްޓަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެވެ. 

އެމީހާ ޕޮޒިޓިވްވެފައި ވަނީ ފުރުމުގެ ދެ ދުވަސްކުރިން ހެދި ކޮވިޑް ޓެސްޓުން ކަމަށް ވެސް އުސްމާން ވިދާޅުވި އެވެ. 

މިވަގުތު، އެރަށުގައި އެމީހާ އައިސޮލޭޓްކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން ފެސިލިޓީއަށް އެމީހާ ގެންދެވޭނެ ކަމަށް އުސްމާން ވިދާޅުވި އެވެ. 

ކޮވިޑާއި ގުޅިގެން ބަންދުކުރުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ފެށިއިރު އެ ދުވަހު ވަނީ މާފުށީގެ ގެސްޓްހައުސްތައް ވެސް ހުޅުވާފަ އެވެ. މިއީ އެ ވިޔަފާރި ފެށުން ފަހުން އެރަށުން މީހަކަށް ކޮވިޑް ޖެހުނު ފުރަތަމަ ފަހަރެވެ. 

މިވަގުތު ވެސް މާފުށީގައި 100 އަށް ވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދާ ކަމަށް މާފުށީ ކައުންސިލުން މައުލޫމާތުދެ އެވެ. 

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަތައް ދެމުންދަނީ އެޗްޕީއޭގެ ގައިޑްލައިނަށް ފެތޭ ގޮތަށް ހިދުމަތްތައް ބަދަލުކުރުމުންނެވެ. އެގޮތުން އެ ހުއްދަ ދެމުން އަންނަނީ ގެސްޓްހައުސް ހިންގަމުން އަންނަ ރަށްރަށުގައި ފްލޫ ކްލިނިކަކާއި ކަރަންޓީނު ފެސިލިޓީއެއް އަދި މީހަކު ޕޮޒިޓިވްވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ރަށްރަށަށެވެ. އަދި ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފަށަން ކައުންސިލުގެ ހުއްދަވެސް ހޯދަން ޖެހޭއިރު ގެސްޓްހައުސްތައް ފެށުމާއެކު ރަށްރަށުގައި އުޅޭ މީހުން މާސްކް އެޅުން ވެސް މަޖުބޫރެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް