ads
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން މާލިއްޔަތު ކޮމިޓީގައި-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އޮޑިޓާ ޖެނެރަލްގެ އޮފީހަށް 81.7 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކޮށްފި
އޮޑިޓާ ޖެނެރަލްގެ އޮފީހަށް 81.7 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ 104.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް މާލިއްޔަތު ކޮމިޓިން ނިންމާފައިވަނީ 23 މިލިއަން ރުފިޔާ އުނިކޮށް، 81،795،000 ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ވޯޓުންނެވެ. 

ބަޖެޓްގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ވަނީ ޖުމުލަ 795،000 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް  61،250 ރުފިޔާ އެވެ. މީގެ އިތުރުން އެ އޮފީހުގެ ރިކަރެންޓް ހަރަދުގެ ގޮތުގައި 56.7 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 25 މިލިއަންރުފިޔާ ވަނީ ހަމަޖައްސާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް