ads
ރައްޔިތުންގެ މަޖިލިސް--
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ
ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ އެބިލަށް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ނޮވެމްބަރު 12 ވަނަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުވުމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައިވާ ބޭނުމެއްގެ ގޮތުގައި ވަނީ، ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް މަގުފަހު ކުރުމަށްޓަކައި، އަދި ރާއްޖޭގައި ބިމުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭންކޮށް ތަރައްޤީކުރުމުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ތަރައްގީ ކުރުމަށް މަގުފަހި ވާނޭ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން ސިޓީއާއި ރަށްރަށުގެ ބިނާވެށި ޕްލޭންކޮށް ހިންގުމާއި ގުޅޭ އުސޫލުތަކާއި ހާއްސަ ސިނާއީ މަސައްކަތްތަތކާ ގުޅޭގޮތުން ބިނާވެށި ޕްލޭންކޮށް ހިންގުމާހގުޅޭ އުސޫލުތައް ގާނޫނަކުން ކަނޑައެޅުމާއިއެކު، ބިނާވެއްޓާއި ގުޅޭ ކަންކަން ހަރުދަނާގޮތެއްގައި ހިންގައި ބިން ބޭނުންކުރާނޭ ގޮތުގެ ޕްލޭން އެކުލަވާލުމަކީ ވެސް މި ބިލުގެ ބޭނުމެއްކަމަށް ބުނެފައިވެ އެވެ. އަދި ބިން ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ މަސައްސަކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ބިން ތަރައްޤީކުރާ ފަރާތްތައް ޖަވާބުދާއީ ކުރުވޭނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުންވެސް ހިމެނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް